Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 18:20
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް
ރައީސް އޮފީސް
ރައީސް ސޯލިހު
ސިންގަޕޫރްގެ ރައީސާގެ ދައުވަތަކަށް، ރައީސް ސޯލިހު މާދަމާ ސިންގަޕޫރަށް
ރައީސާ ހަލިމާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް
ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުން އޮންނާނެ
ރާއްޖެ އެނބުރި ވަޑައިގަންނަވާނީ އަންގާރަ ދުވަހުގެރޭ

ސިންގަޕޫރްގެ ރައީސާ ހަލީމާ ޔައުގޫބްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޮނިހިރު ދުވަހު ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅޭގޮތުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ރައީސް ސޯލިހު ސިންގަޕޫރަށް ފުރާވަޑައިގަންނަވާނީ މާދަމާ މެންދުރުފަހު 13:30 ގައި ކަމަށެވެ.

ރަސްމީ އިއްޒަތުގައި ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުން އޮންނާނީ ސިންގަޕޫރްގެ ރައީސާގެ ރަސްމީގެކޮޅު އިސްތާނާގައެވެ.

Advertisement

ރައީސާ ހަލީމާގެ އިތުރުން ސިންގަޕޫރްގެ ބޮޑުވަޒީރު ލީ ޝިއެންގް ލުންއާ ރައީސް ސޯލިހު ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ. ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެރޭއެވެ.

ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ރައީސް ސޯލިހު ވަނީ މީގެ ކުރިން ނުރަސްމީ ދަތުރުފުޅެއް ސިންގަޕޫރަށް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް