Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 17:51
ފޮރިން މިނިސްޓަރު ޝާހިދު އާއި އީޔޫ ކޮމިޝަންގެ ނައިބް ރައީސް
ފޮރިން މިނިސްޓަރު ޝާހިދު އާއި އީޔޫ ކޮމިޝަންގެ ނައިބް ރައީސް
ޓްވިޓަރ
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ރާއްޖެ އާއި އީޔޫއާ ދެމެދު އެންމެ މަތީ ފަންތީގެ ބައްދަލުވުންތައް ބާއްވަން މަޝްވަރާ ކޮށްފި
ކައުންޓަ ޓެރަރިޒަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު
ރާއްޖެއިން ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތަށް މޯގްރެނިޔާ މަރުހަބާ ދެންނެވި

ދިވެހިރާއްޖެއާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު އެންމެ ފަންތީގެ ބައްދަލުވުންތައް ބާއްވަން މަޝްވަރާ ކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އީޔޫ ކޮމިޝަންގެ ނައިބް ރައީސް ފެޑްރިކާ މޯގްރެނީއާ އެކު ބެލްޖިއަމްގެ ބްރޫސަލްގައި ބޭއްވި ބައްދަލުވުމުގައެވެ.

Advertisement

އެ ބައްދަލުކުރެއްވުމުގައި މޯގްރެނިއާ ވަނީ ރާއްޖެއިން ޑިމޮކްރެސީ ހަރުދާނަ ކުރުމަށާއި، ގުޑް ގަވަރނަންސްގެ އުސޫލު ދަމަހައްޓަން ކުރަމުންދާ މަސައްކަތަށް މަރުހާބަ ދަންނަވާފައެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އިޔޫއާ ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާކޮށްފައެވެ.

އެގޮތުން މަތީ ފަންތީގެ ބޭފުޅުންގެ މެދުގައި ކޮންމެ އަހަރަކުވެސް ބައްދަލުވުން ތަކެއްް ބޭއްވުމަށް އީޔޫގެ ނައިބް ރައީސް ހުށައެޅި ހުށައެޅުއްވުމަށް ޝާހިދު ވަނީ އިޖާބަދެއްވާފައެވެ.

މުސޫމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އީޔޫ އާއި ރާއްޖެއާ ދެމެދު ކުރެވިދާނެ ކަންތައްތަކުގެ އިތުރުން ކައުންޓަ ޓެރަރިޒަމާއި، ސެކިއުރިޓީ ރިފޯމްގެ ދާއިރާ އިން ދެ ބޭފުޅުން ވަނީ ފުޅާދާއިރާއެއް ގައި މަޝްވަރާތަކެއް ކޮށްފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ޖުލައި މަހު ރާއްޖެވަޑައިގަންނަވަން ހަމަޖެހިފައިވާ އީޔޫ ކައުންޓަ ޓެރަރިޒަމް ކޯޑިނޭޓަރ ގިލެސް ޑި ކަރްޗޭވްއާ ވެސް ޝާހިދު ވަނީ ބުރާސްފަތި ދުވަހު ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް