Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 17:11
އެޗްއާރް ކޮމިޓީން ގުރައިދޫއަށް ކުރި ޒިޔާރަތުގެ ތެރެއިން
އެޗްއާރް ކޮމިޓީން ގުރައިދޫއަށް ކުރި ޒިޔާރަތުގެ ތެރެއިން
ޓްވިޓަރ
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
ހިއުމަން ރައިޓްސް ކޮމިޓީގެ ފުރަތަމަ ދަތުރު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް
ރިޕޯޓެއް އެކުލަވައިލާނެ ކަމަށް ވިދާޅުވި
ކޮމިޓީން ބޭނުންވީ ހާލަތު ބަލަން

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ޖެންޑަރ ކޮމިޓީގެ މެމްބަރުން ކ. ގުރަދޫ ގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލައިފިއެވެ.

ކޮމިޓީން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކޮށްފައިވަނީ ބުރަސްފަތި ދުވަހުއެވެ.

Advertisement

ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހަން މަހުމޫދު ރާއްޖެ.އެމްވީއަށް ވިދާޅުވީ، މަޖިލީހުގެ ހުރިހާ ކޮމިޓީއެއްގައިވެސް މިހާރު ކުރިޔަށްގެންދާ މަސައްކަތަކީ ކުރިން އަޅަނުލާހުރި ރިޕޯޓްތަކާއި، ޝަކުވާތަކުގެ އިތުރުން މައްސަލަތައް ދިރާސާ ކުރުން ކަމަށެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމެޓީއަށް ހުށައެޅިފައިވާ ފުރަތަމަ ކަރުދާހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިދުމަތްދޭ މަރުކަޒާއި ގުޅޭގޮތުން ހުށައެޅިފައިވަ ކަރުދާހެއް ކަމަށްވަތީވެ، ކޮމިޓީއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ މެމްބަރުން އަމިއްލައިށް އެތަނަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބެލުންކަމަށް ޖީހާން ވިދާޅުވި އެވެ..

އަޅުގަނޑުމެން މިގެންގުޅޭ ވިސްނުމަކީ ވިހާވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުން. އަޅުގަނޑުމެން މަޖިލީހުގެ ހަތަރު ފާރު ތެރެއިން ނިކުމެ މީހުންނާއި އެއްކޮށް މަސައްކަތް ކުރުން. އެހެން ވެގެން އަސްލު އަޅުގަނޑުމެން ހާލަތު އެސެސް ކުރުމެއްގެ ވިޒިޓެއްގައި އިއްޔެ (ބުރާސްފަތި ދުވަހު) މި ދިޔައީ.
ޖީހާން މަހުމޫދު ~ ހިންނަވަރު ދާއިރާގެ މެމްބަރު ~

ޖިހާން ވިދާޅުވީ، އެ މައްސަލަ ކުރިޔަށް ގެންދަނީ ކޮމިޓީގެ ކުއްލި މައްސަލައެއް ގޮތަށް ނަގައިގެން ކަމަށެވެ. ރިޕޯޓްތައްޔާރު ކުރުމަށްފަހު އެކަމާއި ގުޅުން ހުރި މުއްސަސާތަކަށް ކޮމިޓީން ދައުވަތު ދޭނެ ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންސާނީ ހައްޤުތަކާއި ގުޅޭ ކޮމެޓީން ހާއްސަ އެހީ ބޭނުންވާ މިހުންގެ މަރުކަޒަށް ޒިޔާތްކުރިއިރު، އެ ކޮމެޓީގެ ބައްދަލުވުމެެއް ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ. އެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވަނީ ކުޑަކުދިންހެ ހިޔާގައި ހުއްޓާ ގެއްލުނު ކުއްޖާގެ މައްސަލައެވެ. އެގެތެރެއިން އެ ބައްދަލުވުމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ހާޒިރުކުރުމަށްވެސް އެޖެންޑާކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް