Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 16:59
ޕީޕީއެމްއާ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ޕީޕީއެމްއާ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެ އެމްވީ
ޕީޕީއެމް-ޕީއެންސީ
ކާނިވާ ސަރަހައްދު ހޯދުމަށް ޕީޕީއެމުން އެދިއްޖެ
ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު

ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު ޕީޕީއެމުން، ކާނިވާ ސަރަހައްދު ހޯދުމަށް ޕްލޭނިންގ މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

ޕީޕީއެމް، ޕީއެންސީގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެރެ އެވެ.

Advertisement

ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްދިނުމުގެ ހުއްދައަކަށްއެދި ޕްލޭނިންގ މިނިސްޓްރީއަށް ހުށަހަޅާފައިވާކަން ހާމަކޮށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ކާނިވާ ސަރަހައްދު ދިނުމަށް ދެކޮޅު ހަދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި ޖަލްސާއަށް ހުރަސްއަޅައިފިނަމަ ބަލަން ނުތިބޭނެކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް އެޑްރެސްކޮށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލު ސޮއިކުރައްވާ ފޮނުވި ސިޓީގައި ބުނެފައިވަނީ އަންނަ މަހު 04 ވަނަ ދުވަހުގެރޭ 21:00 ގައި ކާނިވާ ސްޓޭޖް ސަރަހައްދުގައި އެޕާޓީގެ އާއްމު ޖަލްސާއެއް ބޭއްވުމަށް އެސަރަހައްދު ދޫކޮށްދިނުމަށް އެދޭ ކަމަށެވެ. ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އެދިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ 18:00 އިން 00:00 އަށެވެ.

ކާނިވާ ސަރަހައްދު ހޯދުމަށް ޕީޕީއެމުން އެދިފައިވާއިރު، ޕީޕީއެމްގެ ވެރިކަމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގައި، ޕާޓީގެ ޖަލްސާތައް ބޭއްވުމަށް ކާނިވާ ސަރަހައްދު އަދި އެހެން ތަންތަން ދޫކުރުމަށް ހުއްދަ އެދުނު ނަމަވެސް ހުއްދަދީފައިނުވެއެވެ. އެގޮތުން ކެމްޕޭން ޖަލްސާއެއް ބޭއްވުމަށްވެސް އޭރުގެ އިދިކޮޅު ފަރާތްތަކަށް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުރުސަތުދީފައިނުވާއިރު، އެ ސަރުކާރުން އޮތީ ޤާނޫނުތައް ބަދަލުކޮށް އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށް، ނިގުޅައިގަނެފަ އެވެ.

އޭގެއިތުރުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤު ބޭނުންކޮށް، ހިޔާލު ފާޅުކުރާ ފަރާތްތަށް ހައްޔަރުކުރުމުގެ ހުތުރު ސަގާފަތްވެސް ގެންގުޅުނީ އޭރުގެ ޕީޕީއެމްގެ ސަރުކާރުގެ ތެރެއިން، ހުދުމުތާރުވެރިކަމެއް ކުރެއްވި އަބްދުﷲ ޔާމީން އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
28 ޖޫން 2019 | ހުކުރު 21:54
ޟީ
ބަލަންނުތިބެ އެއްކަލަ ދެދޮރު ގެ ދެމެދަށް އެއްވާނީ. އެހާކައްހާވަރަށް މީހުންލިބޭނީ. ދެތިންސްޓޯރީއެއް ޖައްސާފަ ހީވިކަހަލަ މުޅިރާއްޖެ އޮތީ ތިމަން މެންފަހަތުގަހެން. ނުދީފިނަމަ ބަލަން ނުތިބޭނަމޯ.......

28 ޖޫން 2019 | ހުކުރު 20:13
ކަދުރޭ
ތިޔައީ މަނާކަމެއްކަން ހަދާންނެތޭހާ ދުވަހެއްނުވޭނުން.