Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 18:10
އައްޑޫ ކޯގަންނު ގަބުރުސްތާން
އައްޑޫ ކޯގަންނު ގަބުރުސްތާން
އައްޑޫ ލައިވް
އައްޑޫ ކޯގަންނު ގަބުރުސްތާން
މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފަށައިފި
ސަރވޭގައި އައްޑޫ ސިޓީގައި ހުރި ހުރިހާ އާސާރުތަކެއް ކިތާބުކުރުމަށް ވަނީ ނިންމާފައި
އްޑޫ ސިޓީ ކޯގަންނުގައި ހިމެނެނީ އާސާރީ ތަރިކައިގެ ތިން ބައި

މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފަށައިފިއެވެ.

އައްޑޫ ސިޓީގެ ކައުންސިލާއެކު މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ ޓީމުން ބޭއްވި ބައްދަލުވުމަށްފަހު، މި ޖޫނު މަހުގެ 23 ވަނަ ދުވަހު މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފަށާފައިވަނީ ރާއްޖޭގައި ހުރި އާސާރީ އެންމެ ބޮޑު އެއް ސަރަހައްދު ކަމުގައިވާ އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގައެވެ.

މި ސަރވޭގައި އައްޑޫ ސިޓީގައި ހުރި ހުރިހާ އާސާރުތަކެއް ކިތާބުކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތަށް ޖުމުލަ ތިން މަހާއި ހަތަރު މަހާއި ދެމެދުގެ މުއްދަތެއް ސަރވޭ ޓީމުން ހޭދަކުރާނެ އެވެ.

Advertisement

އައްޑޫ ސިޓީ ކޯގަންނުގައި ހިމެނެނީ އާސާރީ ތަރިކައިގެ ތިން ބައެކެވެ. އެއީ ކޯގަންނު ގަބުރުސްތާނާއި މެދު ޒިޔާރަތުގެ އިތުރުން ކޯގަންނު މިސްކިތެވެ. ކޯގަންނުގައި އޮތް ގަބުރުސްތާނަކީ ވަރަށް ބޮޑު ގަބުރުސްތާނެކެވެ. މި ތަނުގެ ސަރަހައްދު އޮތްގޮތުން ވައްތަރުވަނީ އިހުޒަމާނުގައި ބުޑިސްޓްދީނުގެ މޮނާސްޓްރީ އެކުވެންޏަކާއެވެ. އެތާނގައި ހުރި މެދުޒިޔާރަތް ކިޔާ ޒިޔާރަތުގެ ތެރޭގައި ވަރަށް ގިނަދުވަސްވީ މަހާނަ ގައުތައް އެބަހުއްޓެވެ. މިގައުތަކުގެ ތެރޭގައި ޙާފިޡުންގެ މަހާނަގައު ކަމަށް ބެލެވޭ މަހާނަގައުވެސް އެބަހުއްޓެވެ. މިތަނަށް ކުދި ކުދި ގެއްލުން ވަނީ ލިބިފައިވެއެވެ.

މި ގަބުރުސްތާނުގެ ތެރޭގައި ވަރަށް ގިނަދުވަސްވީ ހަތަރު މިސްކިތް އެބަހުއްޓެވެ. މި މިސްކިތްތަކަކީ ކޯގަންނު މިސްކިތާއި، އަތަރާ މިސްކިތާއި، ބޯދާ މިސްކިތުގެ އިތުރުން ފަނޑިޔާރު މިސްކިތެވެ. 2003 ވަނަ އަހަރު މި ގަބުރސްތާނުގެ ވަށާފާރު ވަނީ ރާނާފައެވެ. މި ގަބުރުސްތާނުގެ ބިމުގެ ބޮޑުމިނުގައި 105000 އަކަފޫޓު ހުރެއެވެ. މި ތަނުގައިވާ ތަންތަން އިމާރަތް ކުރެވިފައިވަނީ ހިރިގަލުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް