Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 15:00
މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއް
މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއް
ޓްވިޓަރ
ޕްލޭނިނގް މިނިސްޓްރީ
ޢިމާރާތްކުރުމަށް ބޭނުންކުރާ 6 ބާވަތެއްގެ ތަކެތި މިއަދުން ފެށިގެން ހުއްދައާ ނުލާ އެތެރެކުރުން މަނާކޮށްފި
މި މަސައްކަތަކީ މިނިސްޓްރީއާއި ކަސްޓަމްސް ސާރވިސްއާއި ގުޅިގެން ކުރާ މަސައްކަތެއް
މިނިސްޓްރީން ދޫކުރާ ހުއްދައާ ނުލައި ކަސްޓަމްސް އިން އެތަކެތި ދޫ ނުކުރާނެ
ހުއްދަ ނެގުމުގެ ކުރިން އިމާރަތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ޤަވާއިދު ގައި ރަޖިސްޓްރީވާން ޖެހޭ

ޢިމާރާތްކުރުމަށް ބޭނުންކުރާ 6 ބާވަތެއްގެ ތަކެތި މިއަދުން ފެށިގެން ހުއްދައާ ނުލާ އެތެރެކުރުން މަނާކޮށްފިއެވެ.

Advertisement

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނެރުނު ބަޔާނެއްގައި ބުނީ، ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ޤަވާއިދާއި އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި ތަކެތި ޓެސްޓްކުރާ ފަރާތްތަކުގެ ޤަވާއިދު ތަންފީޒުކުރަން ފެށުމާއެކު، 6 ބާވަތެއްގެ ތަކެތި ހުއްދަ ނުހޯދާ އެތެރެކުރުމާއި, އުފެއްދުން މަނާވެގެންދާނެ ކަމަށެވެ. އެގޮތުން މި މަސައްކަތަކީ މިނިސްޓްރީ އާއި ކަސްޓަމްސް ސާރވިސް އާއި ގުޅިގެން ކުރާ މަސައްކަތެއް ކަމަށާއި، މިނިސްޓްރީން ދޫކުރާ ހުއްދައާ ނުލައި ކަސްޓަމްސް އިން އެތަކެތި ދޫ ނުކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން މަނާކުރެވޭ ބާވަތްތަކަކީ:

  1. ސިމެންތި: އިމާރަތް ކުރުމަށް ބޭނުންކުރާ
  2. ހިލަަ: ކޮންކްރިީޓަށް ބޭނުންކުރާ ހުރިހާ ގްރޭޑެއްގެ ހިލަ
  3. ވެލި: ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ވެލި
  4. ދަގަނޑު: އިމާރަތް ކުރުމުގެ ބޭނުމަށް ގެންނަ ސްޓްރަކްޗަރަލް ދަގަނޑު
  5. ރެޑީމިކްސްޑް ކޮންކްރީޓް (ހުރިހާ ގްރޭޑެއްގެ)
  6. ރެޑީމޭޑް ބްލޮކްސް (އިމާރަތް ކުރުމަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ގައު)

މިނިސްޓްރީން ބުނީ މިނިސްޓްރީން ދޫކުރާ ހުއްދަ ނެގުމުގެ ކުރިން "އިމާރަތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ޤަވާއިދު" ގައި ރަޖިސްޓްރީވާން ޖެހޭނެެކަމަށެވެ. އަދި އިމާރަތް ކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓު ކުރާ ފަރާތްތަކުންވެސް 28 ޖޫންއިން ފެށިގެން މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް ޚިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެފަރާތްްތައް މިނިސްޓްރީގައި ރަޖިސްޓްރީ ވުމަށް އާންމުކޮށް ހުޅުވާލާފައިވާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
28 ޖޫން 2019 | ހުކުރު 15:54
ކައްޒާބު
ހުއްދަ ހޯދައިގެންވެސް އެތެރެ ކުރާނަމޯ