Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 15:34
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
އާސަންދަ
އިތުރު ދެހޮސްޕިޓަލަކުން ހިލޭ ކަކުލު ހުޅުގެ އޮޕަރޭޝަންތައް ކުރެވޭ ގޮތް އާސަންދައިން ހަމަޖައްސައިފި
އޮޕްރޭޝަން ޕެކޭޖުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 65،000 ރުފިޔާ
ފަރުވާ އަވަސްކޮށްދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް

އިތުރު ދެހޮސްޕިޓަލަށް ކަކުލުހުޅުގެ އޮޕަރޭޝަންތައް އާސަންދައިން ކަވަރު ކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލާއެކު އާސަންދައިން ވެފައިވާ މިއެއްބަސްވުމުގެ ދަށުން ކަކުލުހުޅު ބަދަލު ކުރުމަށް އާސަންދައިން ކަވަރު ކުރާނެއެވެ. މީގެ ކުރިން ކަކުލުހުޅު އޮޕަރޭޝަން ކުރުމަށް އާސަންދަ ޚިދުމަތް ލިބެނީ އައިޖީއެމްއެޗުން އެކަންޏެވެ. އާސަންދައާއެކު ހެދި އެއްބަސްވުމުގެ ދަށުން އޮޕްރޭޝަން ޕެކޭޖުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 65،000 ރުފިޔާއެވެ.

އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލުގެ ފަރާތުން އާސަންދައާއެކު ސޮއި ކުރެއްވީ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ. އާސަންދައިގެ ފަރާތުން މެނޭޖިން ޑައިރެކްޓަރު މަރިޔަމް ޝަފީގެވެ. ޓްރީ ޓޮޕްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑޭވިޑް ފެއިންބާގެވެ. އަދި މެޑިކެއާއިން ސޮއިކުރެއްވީ އެ ހޮސްޕިޓަލް ހިންގާ ދަމާސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހްއެވެ.

Advertisement

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލްގައި ހުޅާއި އުނަގަނޑު ބަދަލުކުރުމުގެ އޮޕަރޭޝަންތަކުގެ ވެއިޓް ލިސްޓުގައި މިހާރުވެސް 177 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށާއި، މިއެއްބަސްވުމުގެ ސަބަބުން މެޑިކާއާ ޓްރީޓޮޕުން އާސަންދައިން މިޚިދުމަތް ލިބޭނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދީ ފަރުވާ އަވަސްކޮށްދިނުމުގެ ގޮތުން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އޮޕަރޭޝަނާ ގުޅިގެން ދިމާވާ އިތުރު މައްސަލަތަކަށް ކުރަން ޖެހޭ ފަރުވާގެ ހަރަދު އާސަންދައިން ކަވަރުކޮށްދޭއިރު ޕްރައިވެޓް ރޫމްގެ ހަރަދު އާސަންދައިން ކަވަރެއް ނުކުރާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް