Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 12:41
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު
ރައީސް އޮފީސް
އެސްޓީއޯ
ފެނަކައިން އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 800 މިލިއަނަށް އަރާ: އަމްރު
އިތުރަށް ތެޔޮ ގަތުމަށް ވަރަށް ބޮޑު ފައިނޭންސް ފެސިލިޓީއެއް ހޯދަން ޖެހޭ
ނުދައްކާހުރި ފައިސާ އަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ދައްކަން ޖެހޭ ފައިސާ
ފެނަކައިން ދަނީ އެފައިސާ ދައްކަމުން ކަމަށް ވިދާޅުވި

ފެނަކަ ކޯޕަރޭޝަނުން އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 800 މިލިއަނަށް އަރާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މަހާސިންތާގައި ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ އެފައިސާ ނުލިބު ހުރުމުން ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށާއި, ފެނަކައަށް ލިބޭ ފައިސާ އާއި އަޅާ ބަލާއިރު އެސްޓީއޯއަށް ލިބެނީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.

Advertisement

އެހެން ކަމުން އިތުރަށް ތެޔޮ ގަތުމަށް ވަރަށް ބޮޑު ފައިނޭންސް ފެސިލިޓީއެއް ހޯދަން ޖެހޭ ކަމަށް އަމްރު ވިދާޅުވިއެވެ.

އެގޮތަށް ފައިނޭންސް ބޭނުންކޮށްގެން ގެންނަ އިރުގައިވެސް އެވެސް ރީޕޭމަންޓަކަށް ދާންޖެހޭ، ދާއިރުވެސް ބޮޑު ބައެއް ދަނީ ފެނަކައަށް. ފެނަކައިން ލިބޭ އެއްޗަކާއި އަޅާބަލާއިރު ވަރަށް ކުޑަ އެއްޗެއް އަޅުގަނޑުމެންނަށް މި ލިބެނީ
ހުސައިން އަމްރު

ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ, އެސްޓީއޯއަށް ނުދައްކާހުރި ފައިސާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެނަކައަށް އެސްޓީއޯއިން ފޯރުކޮށްދީފައިވާ ތެލަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ.

ނަމަވެސް ފެނަކައިން މިހާރު މަހެއްގެ މައްޗަށް 60 މިލިއަނާއި ގާތަށް އެސްޓީއޯއަށް ފައިސާ ދައްކަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް