Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 13:12
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
އެންމެ ފުރަތަމަ ނަރަކައަށް އެއްލާލެވޭ 3 މީހުންގެ ތެރޭގައި ރެއާ ދުވާލު ސަދަޤާތް ކުރާ މީހަކުވޭ: ޚުތުބާ
ތިމާގެ ދީލަތިކަން އެހެން މީހުންނަށް ދެއްކުމުގެ މަޤްސަދުގައި ސަދަގާތް ނުކުރުމަށް ގޮވާލާފައިވޭ
މީހުންގެ ތައުރީފުގެ ބަސްތައް ހޯދުމަށް ސަދަޤާތް ކުރާ މީހާއަށް އޮތީ ނަރަކަ
ސިއްރުން އަދާކުރެވޭ އަޅުކަމަށް ﷲ ގެ ހަޟްރަތުގައި ޚާއްސަ މަޤާމެއް ދެވިފައިވޭ

ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ނަރަކައަށް އެއްލާލެވޭ 3 މީހުންގެ ތެރޭގައި ރެއާ ދުވާލު ސަދަޤާތް ކުރާ މީހަކު ހިމެނޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Advertisement

" ސަދަޤާތް ކުރުމުގެ މުހިއްމުކަން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ނަރަކައަށް އެއްލާލެވޭ ތިން މީހުންގެ ތެރޭގައި ރެއާއި ދުވާލު އޭނާގެ މުދަލުން ސަދަޤާތްކޮށް އުޅުނު މީހަކު ހިމެނޭނެ ކަމަށާއި، އޭގެ ތެރޭގައި ތިމާގެ ދީލަތިކަން އެހެން މީހުންނަށް ދެއްކުމުގެ މަޤްސަދުގައި ސަދަޤާތްކުރާ މީހުން ހިމެނޭ ކަމަށެވެ. އެގޮތުން މީހުންގެ ތައުރީފުގެ ބަސްތައް ހޯދުމަށް ސަދަޤާތް ކުރާ މީހާއަށް އޮތީ ނަރަކަ ކަމަށް ޚުތުބާގަައި ބުނެފައިވެއެވެ.

އޭނާއަށް ހުސް ތާހިރުވަންތަ ﷲ ތައާލާ ދެއްވި ނިއުމަތްތައް ހަނދުމަކޮށްދެއްވުމަށް ފަހު ވަޙީ ކުރައްވާނެއެވެ. " ތިބާ އަމަލުކުރީ ކިހިނަކުން ހެއްޔެވެ ؟ އޭނާ ބުނާނެއެވެ. ތިމަން އިބަރަސްކަލާނގެ ވަޖުހުފުޅަށްޓަކައި ރެޔާއި ދުވާލު އިބަ ﷲ ގެ މަގުގައި މުދާ ހޭދަކުރީމެވެ. އެހިނދު ﷲ ތައާލާ އޭނާއަށް ވަޙީ ކުރައްވާނެއެވެ. " ތިބާ ތިޔަ ހެދީ ދޮގެކެވެ. އެހެނެއްކަމަކު ތިބާ ބޭނުންވީ މީސްތަކުން ތިބާއީ ވަރަށް ދީލަތި މީހެކޭ ބުނުވުމަށެވެ." އެބަހީ މީސްތަކުންގެ ދުލުން އޭނާއަށް ތައުރީފުގެ ބަސްތައް ލިބިއްޖެއެވެ. އޭނާގެ މަޤްސަދު އެވަނީ ދުނިޔޭގައި ހާސިލު ވެފައެވެ. މިހެންވެ އޭނާއަށް އާޚިރުގައި ލިބޭނެ ސަވާބެއް ނެތެވެ. ދެން ފަހެ ބޯކޮޅު ވަތަށް އޭނާ ނަރަކައަށް ވައްޓައިލެވޭ ހުއްޓެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ، ސަދަޤާތް ދިނުމަކީ ސިއްރާއި ފާޅުގައިވެސް ކުރެވިދާނެ ކަމެއް ކަމަށާއި، މި ދެ ގޮތަކީވެސް ދަރުމައާއި ސަވާބު ލިބޭނެ ގޮޮތެއް ކަމަށްވިޔަސް ބޮޑަށް މޮޅު އިތުރުވެގެންވަނީ ސިއްރުން ސަދަޤާތް ކުރުން ކަމަށެވެ. އެގޮތުން ސިއްރުން އަދާކުރެވޭ އަޅުކަމަށް ﷲ ގެ ހަޟްރަތުގައި ޚާއްސަ މަޤާމެއް ދެވިފައިވާ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ހަތް ބާވަތެއްގެ މީހުންނަށް ޤިޔާމަތް ދުވަހުން އަރުޝީގެ ހިޔާވަހިކަން ލިބިގެންދާއިރު، އޭގެ ތެރޭގައި ކަނާއަތުން ވައަތަށްވެސް ނޭނގޭހާ ސިއްރުން ސަދަޤާތް ކުރާ މީހުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން އެފަދަ މީހުންނަކީ އެމީހުންގެ ކިބައިގައި އިހުލާސްތެރި ކަމުގެ ނިއުމަތް ރަނގަޅަށް އަށަގެންފައިވާ މީހުން ކަމަށާއި، އެއީ ނަސީބުވެރިން ކަމަށް ޚުތުބާގައި ވަނީ ސިފަ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
28 ޖޫން 2019 | ހުކުރު 13:48
ތަށިބަރި
ދިރާގު ތަށިބަރި ހަބޭސް!