Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 12:26
ކުރީގެ ނައިބް ރައީސް އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގަންނަވަނީ
ކުރީގެ ނައިބް ރައީސް އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގަންނަވަނީ
ޓްވިޓަރ
ކުރީގެ ނައިބް ރައީސް އަދީބް
އަދީބު ހަ މަސް ފަހުން އިންޑިއާގެ ޑޮކްޓަރަށް ދެއްކުމަށް ލަފާދީފި
ޖޫން 18 އިން 24 އަށް އަދީބުގެ ލޮލަށް ވަނީ ފަރުވާދީފައި
ގްލަކޯމާއަކީ ލޮލުގެ ފެނުމަށް އަސަރުކުރާ ބައްޔެއް

ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަ މަސް ފަހުން އަލުން ޑޮކްޓަރަށް ދެއްކުމަށް އޭނާގެ ލޮލަށް ފަރުވާ ކުރި ޑޮކްޓަރު ލަފާ ދެއްވައިފި އެވެ.

އިންޑިއާގެ ޕޫނާގައި ހުންނަ ރޫބީ ހޯލް ކްލިނިކް ކިޔާ ހޮސްޕިޓަލުގައި ގުލަކޯމާ ބައްޔަށް ފަރުވާ ހޯދަމުން އަންނައިރު، އަދީބު ބެއްލެވި ޑޮކްޓަރު ޝްރުތިކާ ކަންކާރިޔާ ޓައިމްސް އޮފް އިންޑިއާ ނޫހަށް ވިދާޅުވީ ހަ މަސް ފަހުން ލޯ ޑޮކްޓަރަށް ދެއްލުމަށް އައުމަށް ލަފާދީފައިވާ ކަމަށެވެ.

ޑޮކްޓަރު ޝްރުތިކާ ވިދާޅުވީ، ޖޫން 18 އިން 24 އަށް އަދީބުގެ ލޮލަށް ފަރުވާ ދީފައިވާ ކަމަށެވެ.

އަދީބަށް ސިއްހީ ގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އެމަނިކުފާނަށް ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލަކޯމާ ޖެހިފައިވާކަން އެނގުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް 2017 ވަނަ އަހަރުއެވެ. ނަމަވެސް އޭރުގެ ސަރުކާރުން އަދީބަށް އެކަށީގެންވާ ސިއްހީ ފަރުވާ ދީފައިނުވެއެވެ.

Advertisement

ކަރެކްޝަނަލް ސާރވިސް އިން އަހުމަދު އަދީބް ބޭސްފަރުވާއަށް އިންޑިއާއަށް ފުރުމުގެ ހުއްދަދިނުމާއެކު، އޭނާ އިންޑިއާއަށް ފުރާވަޑައިގެންނެވީ އަނބިކަބަލުން މަރިޔަމް ނަޝްވާއެކު މި މަހުގެ 14 ވަނަ ދުވަހު އެވެ. އެނބުރި ވަޑައިގަންނަވަން ކުރިން ހަމަޖައްސާފައި އޮތީ މިމަހުގެ 26 ގައެވެ.

ނަމަވެސް އަދީބުގެ ކެންސަރ ސްކްރީނިންއެއް ހެދުމަށް ޑޮކްޓަރު ލަފާދީފައިވާ ގޮތަށް ކުރިޔަށް ގެންދިޔުމަށްޓަކައި އޭނާގެ ބޭސްފަރުވާގެ މުއްދަތު ޖުލައި މަހުގެ ހަވަނަ ދުވަހާއި ހަމަޔަށް އިތުރުކޮށްދީފައެވެ.

ހޯމް މިނިސްޓްރީން ބުނެފައިވާގޮތުގައި އަދީބާއެކުގައި ކަރެކްޝަނަލް ސަރވިސްގެ ތިން އޮފިސަރަކު އިންޑިއާ ގޮސްފައިވެއެވެ. އަދި އިންޑިއާގެ މުއައްސަސާތަކަށްވެސް އަދީބުގެ ދަތުރުގެ މައުލޫމާތު އަންގާފައިވާނެކަމަށާއި، ފިލުމުގެ ފުރުސަތެއް ނޯންނާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
28 ޖޫން 2019 | ހުކުރު 16:32
ޢުންކީ ކަހާނީ
އަދީބަށް ފުރުސަތު ނެތީ ފިލުމު ކުޅެންތޯ ނޫނީ ފިލުމު ބެލުންތޯ ނުވަތަ ފުރުސަތު ނެތީ ފިލުމުގެ ޑައިލޮގް ލިޔުންތޯ ނޫނީ ފިލުމުގެ އެނޫންވެސް ކޮންކަމެއްގެ ތޯ މިލިޔުމަކުން ސާފެއް ނުވި
28 ޖޫން 2019 | ހުކުރު 16:32
ޢުންކީ ކަހާނީ
އަދީބަށް ފުރުސަތު ނެތީ ފިލުމު ކުޅެންތޯ ނޫނީ ފިލުމު ބެލުންތޯ ނުވަތަ ފުރުސަތު ނެތީ ފިލުމުގެ ޑައިލޮގް ލިޔުންތޯ ނޫނީ ފިލުމުގެ އެނޫންވެސް ކޮންކަމެއްގެ ތޯ މިލިޔުމަކުން ސާފެއް ނުވި
28 ޖޫން 2019 | ހުކުރު 12:55
އަށް އީމެއިލް ކުރައްވާ
އަހަރުމެން އިޑިޔާ އަށް ދިޔައިމާ ބުނާނެ 3 މަސް ފަހުން އަންނާށޭ، ފިޔަފާރި އުސޫލް، މެޑިކަލް ޓުއަރިޒަމް، އަނެކާ އެޙަރަދުދިން މީހަކު އަތުން ފައިސާނަގައިގެން އަނެއްކާވެސް އިންޑިޔާ އައް ޖައްސާލެވުނީ! ތީ އާކަމެއްނޫން، ރޭވިފަހުރި ކަންތައް އެނގޭ އަހަރުމެންނައް!