Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 12:16
ހެލްތް މިނިސްޓާރ ލ. ދަނބިދޫގެ މުވައްޒަފުންނާ ބައްދަލު ކުރައްވަނީ
ހެލްތް މިނިސްޓާރ ލ. ދަނބިދޫގެ މުވައްޒަފުންނާ ބައްދަލު ކުރައްވަނީ
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓާރ
ހެލްތް މިނިސްޓަރ ލ. ދަނބިދޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައިފި
ހެލްތް މިނިސްޓަރ ލ. އަތޮޅު ދަނބިދޫ އަށް ޒިޔާރަތް ކުރެއްވުން

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ލ. ދަނބިދޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިއީ އެރަށުގެ ޞިއްހީ މަރުކާޒުގެ މުވައްޒަފުންނާ ބައްދަލު ކޮށް ،އެ މަރުކަޒުގެ ހާލަތު ބައްލަވާލައްވަން މިނިސްޓަރ ކުރެއްވި ޒިޔާރަތެކެވެ.

ހެލްތް މިނިސްޓަރ ދަނީ ލ. އަތޮޅުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ހާލަތު ބެއްލެވުމަށް ދަތުރު ކުރައްވަމުންނެވެ. އެގޮތުން މިނިސްޓަރ ވަނީ ލ. އަތޮޅުގެ ގަމު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ.

Advertisement

މީގެ އިތުރުން މިނިސްޓާރ ވަނީ ފޮނަދޫ، މާވަށު، ކުނަހަންދޫ، ހިތަދޫ، މާމެންދޫ، މުންޑޫ އަދި ދަނބިދޫ ގެ ޞިއްޙީ މަރުކަޒުގެ ހާލަތުވެސް މި ދަތުރުފުޅުގައި ބައްލަވާ، މުވައްޒަފުންނާއި ބައްދަލު ކުރައްވާފައެވެ.

ލ. އަތޮޅަށް މިނިސްޓަރ އަބްދުﷲ އަމީން އެ އަތޮޅުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ހާލަތު ބައްލަވާލެއްވުމަށް ދަތުރު ފެއްޓެވީ މި މަހުގެ 27 ވަނަ ދުވަހެވެ.

ލ. އަތޮޅުގެ ރައްޔިތުން ވަނީ މިނިސްޓަރ އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް