Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 12:07
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ
ސަން
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނ
ލޯނު ހަމަޖެހުނީ 2017 ގައި، މަޤާމުުގެ ނުފޫޒެއް ބޭނުމެއް ނުކުރަން: ޝައުނާ
ލޯނަށް އެދި ހުށަައަޅާފައިވަނީ 2016 ވަނަ އަހަރު
އޭރު ލޯނަށް ހުށައެޅުއްވީ ފިރިމީހާއާ ގުޅިގެން ޖޮއިންޓް ހޯމް ލޯނެއް ގޮތަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2.4 މިލިއަން ރުފިޔާގެ ލޯނު ހަމަޖެހުނީ 2017 ވަނަ އަހަރު ކަމަށާއި، ލޯނު ހަމަޖެއްސުމުގައި މަޤާމުގެ ނުފޫޒު ބޭނުން ނުކުރާ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

Advertisement

ބީއެމްއެލްގެ ހޯމް ލޯން ސްކީމުން ޝައުނާ އަށް ބޮޑު ލޯނެއް ލިބުނީ ސިޔާސީ މަގާމެއްގައި ހުންނަވައި، ނުފޫޒު ފޯރުވައިގެން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، އެކަމާ ގުޅޭގޮތުން ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ލޯނަށް އެދި ހުށަައަޅާފައިވަނީ 2016 ވަނަ އަހަރު ކަމަށާއި، ލޯން އެޕްރޫވް ވެފައިވަނީ 2017 ވަނަ އަހަރުގައި ކަމަށެވެ. އޭރު ލޯނަށް ހުށައެޅުއްވީ ފިރިމީހާއާ ގުޅިގެން ޖޮއިންޓް ހޯމް ލޯނެއް ގޮތަށް ކަމަށާއި، ދެ ބޭފުޅުންނަށް 66،500ރ. އޭރު ލިބިވަޑައިގެންނެވި ކަމަށް ޝައުނާ ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، ރައީސް އޮފީހަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލީ ބަޔާން ހުށަހެޅުއްވި އިރު، ދަރަނީގެ ހުރިހާ މައުލޫމާތެއް އެނގެން ހުންނާނެ ކަމަށާއި، ސިޔާސީ މަގާމާ ހަވާލުވެވަޑައިގަތުމުގެ ހަ މަސް ކުރިން ލިބިވަޑައިގެންނެވި މައުލޫމާތު ވެސް އެ އޮފީހުގައި ހުންނާނެ ކަމަށް ޝައުނާ ވަނީ ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވާފައެވެ.

އެގޮތުން މަގާމުގައި ހުންނަވާއިރު ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށްވެސް ޝައުނާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
28 ޖޫން 2019 | ހުކުރު 16:17
ފަލީހަތް
ފަލީހަތްވާއިރުވެސް ނޭނގޭތަ؟