Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 10:26
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އުޅުމުން ރިޗަޑް ވަނީ ފާޑުވިދާޅުވެފައި
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އުޅުމުން ރިޗަޑް ވަނީ ފާޑުވިދާޅުވެފައި
ސީ.އެން.އެން
ސްރީލަންކާ
ރާއްޖެއެކޭ އެއްފަދައިން ލަންކާގައިވެސް މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ރިޗަޑް ގޮވާލައިފި
މަރުގެ އަދަބަކީ ހައްލެއް ނޫން ކަމަށް ވިދާޅުވި
ޕެޓިޝަނެއްގައި ސޮއި ކުރުމަށް ގޮވައިލި
ހަތަރު މީހުން މަރަން ވަނީ ސޮއިކޮށްފައި

ދިވެހިރާއްޖެ އެކޭ އެއްފަދައިން އަވަށްޓެރި ސްރީ ލަންކާގައި ވެސް މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް އިނގިރޭސިވިލާތުގެ ބިލިއަނަރު ރިޗަޑް ބްރެންސަން ސްރީ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އަށް ގޮވާލައްވައިފިއެވެ.

ސާޅިސް ތިން އަހަރު ފަހުން ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން ރައީސް ސިރިސޭނާ ސޮއިކޮށްފައިވަނީ ބުދަ ދުވަހުއެވެ. އެންމެ ފުރަތަމަ މަރަން ހަމަޖެހިފައިވާ ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ.

Advertisement

ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުމުން އެކަމާއި ނުރުހުން ފާޅުކުރަމުން ރިޗަޑް ބްރެންސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީހުން މަރަން ނިންމުމަކީ އެއީ އެއްވެސް ކަމަކަށް ލިބޭނޭ ހައްލެއް ނޫން ކަމަށެވެ. ލަންކާ ފަދަ ރީތި ގައުމެއްގެ ރައްޔިތުން އެއަށްވުރެ ރަނގަޅު ގޮތްތަކަށް މެދުވެރިވާން ޖެހޭ ކަމަށް ރިޗަޑް ވިދާޅުވިއެވެ.

''ލައިފް ނޯ ޓު ޑެތް ސެންޓެންސް'' ހޭޝްޓެގް ޖެއްސެވުމަށް ފަހު ކުރެއްވި އިތުރު ޓްވީޓެއްގައި ވާޖިން އެއާލައިންގެ ވެރިޔާ ރިޗަޑް ވަނީ ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމަށް ގޮވާލައްވައިފައެވެ.

ލަންކާގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމައަތްތަކުން ދަނީ ގޮވާލަމުންނެވެ. ހުޅަނގުގެ ގައުމުތަކުން ވެސް ދަނީ ސިރިސޭނާގެ ނިންމުމަށް ފާޑުކިޔަމުންނެވެ.

ރާއްޖެ އެކޭ އެއް ގޮތަށް މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ރިޗަޑް ގޮވާލައްފައިވާއިރު، ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި މަރުގެ ހުކުމް ތަންފީޒު ކުރަން އުޅުމުން ރާއްޖެ ބޮއިކޮޓް ކުރުމަށް ރިޗަޑް ވަނީ އަޑު އުފުލާފައެވެ.

ރާއްޖެގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ނިންމާފައި އޮތް އޮތުން ބަދަލުކޮށް، މަރުގެ އަދަބު ތަންފީޒު ނުކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރީ ނިމިގެންދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

Advertisement

Advertisement
- ކޮމެންޓް