Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 23:21
ފުލުހުން އަތުލައިގަތް ބަނގުރާ ފުޅިތަކާއި މަސްތުވާތަކެތި
ފުލުހުން އަތުލައިގަތް ބަނގުރާ ފުޅިތަކާއި މަސްތުވާތަކެތި
ބަނގުރާ ފުޅިތަކާއި މަސްތުވާތަކެތި އަތުލައިގަތުން
ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއި މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފި
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނެއް

ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއި މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފިއެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ޖެހިއިރު ޕެޓްރޯލް ކުރުމަށްޓަކައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް މަގުމަތިން ދިޔަ އުމުރުން 42 އަހަރުގެ ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން މަޑުކުރަން ބުނުމުން، އެމީހާ މަޑުނުކޮށް ހެންވޭރުގައި ހުރި ފަޅު ގެއެއްގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި ފުލުހުން އެމީހާ ފަހަތުން ގޮސް، ހުއްޓުވުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

Advertisement

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ހުރި ތަން ބަލައިފާސްކުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅި އާއި ހިކި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އޭނާ ހުރި ތަނުން 11 ބަނގުރާ ފުޅިއާ ބަނގުރާ ހުސްކުރި 15 ފުޅިއާ މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސް ޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 17 ޕެކެޓާއި 13 ސެލޯފިން ކޮޅުގެ އިތުރުން މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޓިޝޫ ގަނޑެއް ވަނީ ފެނިފައެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން ދަނީ ތަހުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް