Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 23:21
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ރާއްޖެއެމްވީ
ޖޭއެސްސީ
ކްރިމިނަލް ކޯޓުން ދެގާޒީއަކު ހޯދުމަށް އިއުލާން ކޮށްފި
ޖުލައި މަހުގެ 11 ވަނަ ދުވަހު ކުރިން ފޯމް ހުށަހަޅަންޖެހޭ
ގާޒީ ކަމަށް އެދި ހުށަހަޅާ މީހުން 25 އަހަރަށް ވުރެ މަތިވާންޖެހޭ

ކްރިމިނަލް ކޯޓަށް ދެގާޒީއަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ކުރި އިއުލާނެއްގައި ބުނީ ގާޒީކަމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޖޭއެސްސީން ބުނީ ގާޒީ ކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުގެ ތެރޭގައި އުމުރުން 25 އަހަރަށް ވުރެ މަތީ މީހަކަށް ވާން ޖެހޭ ކަމަށެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހޭ ކަމަށެވެ.

Advertisement

މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް ވެސް ވާން ޖެހޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީއަކަށް އަސާސީގެ މުސާރާގެ ގޮތުގައި 30,000 ރުފިޔާ، ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ އަދި ރިސްކް އެލަވަންސް 3,300 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި މެޑިކަލް އިންޝުއަރެންސްއާ ފޯނު އެލަވަންސް މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބިދޭނެ ކަމަށެވެ.

ދެގާޒީއަކު ހޯދުމަށް އިއުލާން ކޮށްފައިމިވަނީ ކްރިމިނަލް ކޯޓުގައި ދެ ގާޒީއެއްގެ މަގާމު އުފައްދައި ދިނުމަށް ސުޕްރީމް ކޯޓުން އެ ކޮމިޝަނުގައި އެދިފައިވަނިކޮށްށެވެ. ކްރިމިނަލް ކޯޓުގައި ދެ ގާޒީއަކު އިތުރުކުރަން ނިންމާފައިވާއިރު 10 ގާޒީއަކު ތިއްބަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް