Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 20:48
ލުތުފީ ގެނައުމަށް ފުލުހުންގެ ޓީމެއް ދަނީ ލަންކާގައި ހަރަކާތްތެރިވަމުން
ލުތުފީ ގެނައުމަށް ފުލުހުންގެ ޓީމެއް ދަނީ ލަންކާގައި ހަރަކާތްތެރިވަމުން
ޕޮލިސް
އަބްދުﷲ ލުތުފީ
ލުތުފީ ރާއްޖެ ނުގެނެވިގެން އުޅެނީ ލިޔެކިޔުންތައް ފުރިހަމަ ނުވާތީ: ޕޮލިސް
ފުލުހުންގެ ޓީމެއް ދަނީ ލަންކާގައި ހަރަކާތްތެރިވަމުން
ލިޔެކިޔުންތައް އަދިވެސް ފުރިހަމަ ނުވޭ

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމެއް ސްރީލަންކާ ގައި ހަރާކާތްތެރިވަމުންދާ ކަމަށާއި، ލުތުފީ ރާއްޖެ ނުގެނެވިގެން އުޅެނީ ލިޔެކިޔުންތައް ފުރިހަމަ ނުވެގެން ކަމަަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ، ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް މިއަދާއި ހަމަޔަށް އެއްވެސް ކަމެއް ފުރިހަމަ ކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް ފުލުހުން އުއްމީދު ކުރަނީ ލިޔެކިޔުންތައް ފުރިހަމަ ކުރެވުނުހާ އަވަހަށް އޭނާ ރާއްޖެ ގެނައުން ކަމަށް އެއިދާރާއިން މައުލޫމާތުދެއެވެ.

އޭގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ލުތުފީ ހަވާލުކުރުމަށް ފުލުހުންގެ ޓީމެއް ދަނީ ލަންކާގައި ހަރަކަތްތެރިވަމުންކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.

Advertisement

ރެޑް ނޯޓިސް ނެރެ ހޯދަމުންދިޔަ ލުތުފީ ލަންކާގައި ހުންނަ ރާއްޖެ އެމްބަސީ އަށް ހާޒިރުވެފައިވެފައިވަނީ މޭމަހު އެއްވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް