Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 19:30
އެންއައިސީގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދު
އެންއައިސީގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދު
ރައީސް އޮފީސް ޓްވިޓާ
ރިލްވާން މައްސަލަ
ރިލްވާން މައްސަލައިގައި ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން، އެންއައިސީއަކުން ނޫން: މާނިއު
އެ މައްސަލަ އެންއައީސީން ބެލުމަށް ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވި
މަޤާމުން ވަކިކޮށްފައިވަނީ އެމައްސަލައިގައި ފިޔަވަޅު އަޅުއްވަން ތައްޔާރުވެފައި ވަނިކޮށްކަމަށް ވިދާޅުވި

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ނޫން ކަމަށް އެންއައިސީގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މާނިއު ވިދާޅުވީ އޭނާ އެންއައިސީގެ ރައީސްކަމުގެ މަޤާމާއި ހަވާލުވިއިރު ރިލްވާންގެ މައްސަލަ އަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި ފުލުހުން ތަހުގީގު ކުރަމުންދާތީ އެ މައްސަލަ އެންއައީސީން ބެލުމަށް ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ.

އެންއައިސީގެ ގަވާއިދު ބުނާގޮތުން ކޮމިޝަނަށް އެއްވެސް މައްސަލައެއް ބެލޭނީ އެމައްސަލަ ފުލުހުން ތަހުގީގުކޮށް ނިމުމުން ކަމަށް މާނިއު ވިދާޅުވިއެވެ.

އެންއައިސީގެ ރައީސްގެ ހައިސިއްޔަތުން އެ މައްސަލައިގައި އެކަމާއި ގުޅޭ މައުލޫމާތު ހޯދާ ތަހުގީގު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި އެހެންކަމުން އެމައްސަލައިގައި އެންއައސީން އިހުމާލް ވެއްޖެކަމަށް ބުނެވެން ނެތް ކަމަށް މާނިއު ވިދާޅުވިއެވެ. އަދި އޭނާ މަޤާމުން ވަކިކޮށްފައިވަނީ އެމައްސަލައިގައި ފިޔަވަޅު އަޅުއްވަން ތައްޔާރުވެފައި ވަނިކޮށް ކަމަށް މާނިއު ވިދާޅުވިއެވެ.

Advertisement

އެކަމުގެ ހިތާމައިގައި ތިބި އާއިލާތަކަށް އޭނާގެ ހަމްދަރުދީ އޮތްކަމަށް ވިދާޅުވެ މާނިއު ވިދާޅުވީ، ފުލުހުން ހިންގާފައިވާ ގޯސްތަކުގައި ފިޔަވަޅު އަޅުއްވާފައިވާނެ ކަމަށެވެ. އެގޮތުން އޭނާ ވަޒީފާގައި ހުންނެވިއިރު ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއެއްގެ އޮފިޝަލަކު ނުކުރާ މިންވަރަށް އަމއިްލަ ރިސްކްގައި މަސައްކަތްކުރެއްވިކަމަށް މަނިއު ވިދާޅުވި އެވެ.

އެންއައިސީގެ މެމްބަރު ކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން މާނިއު ވެސް ކުރިމަތިލައްވައި ކޮމިޓީ މަރުހަލާއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނު 4 މީހުންގެ ތެރޭގައި ހިމެނިފައިވާއިރު، އެކަމާ ގުޅޭގޮތުން ރިލްވާނުގެ އާއިލާއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޤައްރިރަށް ވަނީ ސިޓީއެއް ފޮނުވާފައެެވެ.

އެ ސިޓީގައި ރިލްވާނުގެ ދައްތަ ފާތިމަތު ޝެހެނާޒް ބުނެފައިވަނީ، ޔޫސުފް މާނިއު ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވިއިރު ރިލްވާން ގެ މައްސަލަ ބެލުމުގައި ފުލުހުންގެ އިހުމާލެއް ވާކަމަށް އާއިލާއިން ދެކޭތީ އެކަން ބަލައިދިނުމަށް އެދި ހުށަހެޅުމުން ވެސް އެކަން ބެލުމަށް ނުކުޅެދިފައިވާ ކަމަށާއި، ރިލްވާން ގެއްލުވާލުމާއި ގުޅިގެން ހިންގި ޖިނާއީ ތަޙްޤީޤުގައި ހިމެނޭ އެއްފަރާތް ކަމުގައިވާ ސ. ހުޅުދޫ އަތިރީއާގޭ މުޙައްމަދު ސުއައިދު އަކީ މާނިއު އާއި ޢާއިލީގޮތުން ގުޅިފައިވާފަރާތެއް ކަމަށްވުމާއެކު އެ މައްސަލަ ދެން ވެސް އިންސާފުވެރިކޮށް ނިންމިދާނޭ ކަމަކަށް ޤަބޫލުނުކުރާ ކަމަށެވެ. އަދި އެ މައްސަލަ ހުށައެޅިއިރު ކޮމިޝަންގައި މަސައްކަތްކުރި ރުކްޝާނާ އިބްރާހީމްއަށް ކޮމިޓީ މަރުހަލާއިން އެންމެ ގިނަ މާރކްސް ލިބިފައިވާއިރު، ރިލްވާނުގެ އާއިލާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް