Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 18:24
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާގެ ތެރެއިން
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާގެ ތެރެއިން
ރައީސް އޮފީސް
ކުންފުނިތަކުގެ މަހާސިންތާ 2019
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާ 2019 ފަށައިފި
ސަރުކާރުގެ ގިނަ ކުންފުނިތަކުން ވަނީ މަހާސިންތާގައި ބައިވެރިވެފައި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާ 2019 ފަށައިފިއެވެ.

މި މަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 އަކުން 06:10 އަކަށެވެ.

Advertisement

މި މަހާސިންތާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައިގަނޑު ސިޔާސަތާއި ބެހޭ ޕްރެޒެންޓޭޝަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ދެއްވާފައެވެ. އަމީރު ވިދާޅުވީ މި މަހާސިންތާ އެ މިނިސްޓްރީން ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ކުންފުނިތަކުގެ ގަވަނަންސް ހަރުދަނާކޮށް، އެ ކުންފުނިތަކަކީ އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ކުންފުނިތަކަށް ހެދުންކަމުގައެވެ.

މި މަހާސިންތާގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއަރމަނުންނާއި މެނޭޖިންގ ޑިރެކްޓަރުންގެ އިތުރުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ވަނީ ނަޒާހަތްތެރިކަމުގެ ލިޔުމުގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ކޯޕަރޭޓް ގަވަނަންސް ކޯޑް ލޯންޗުކޮށްދެއްވާފައެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކޯޕަރޭޓް ގަވަނަންސް ކޯޑް ލޯންޗުކޮށްދެެއްވުން

މަހާސިންތާގެ ތެރެއިން ކުންފުނިތަކާއެއްކޮށް ޕެނަލް ޑިކްޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕެނަލް ޑިސްކަޝަންގައި ރައީސް ސޯލިހާއި މިނިސްޓަރު އަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ވަނީ ހުރި ކަންބޮޑުވުންތަކާއި އެކި ކަންތައްތަކުގެ މައްޗަށް ވާހަކަ ދައްކާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް