Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 17:25
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - އެމަނިކުފާނު ބިލް ތަސްދީޤްކުރެއްވީ މިއަދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - އެމަނިކުފާނު ބިލް ތަސްދީޤްކުރެއްވީ މިއަދު
ރައީސް އޮފީސް
ގާނޫނީ ފަންނުގެ ބިލް
ގާނޫނީ ފަންނުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި
މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 26 ޖޫންގައި އޮތް ޖަލްސާގައި
މިގާނޫނަށް އަމަލުކުރަން ފެށުމާއެކު މިގާނޫނުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ''ދިވެހިރާއްޖޭގެ ބާ ކައުންސިލު''ގެ ނަމުގައި ކައުންސިލެއް އުފެދިގެން ދާނެ
ބިލުގެ މައިގަނޑު މަގުސަދަކީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ކުރުން

ގާނޫނީ ފަންނުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 26 ޖޫންގައި އޮތް ޖަލްސާގައެވެ.

Advertisement

ގާނޫނީ ފަންނުގެ ބިލުގެ މައިގަނޑު މަގުސަދަކީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އަޅައި, ބެލެހެއްޓުމާއި ގާނޫނީ ވަކީލުންނަށް އިތުރަށް ތަމްރީން ދީ ގާނޫނީ ފަންނު ތަރައްގީކޮށް ބެލެހެއްޓުމެވެ. މިގާނޫނަށް އަމަލުކުރަން ފެށުމާއެކު މިގާނޫނުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ''ދިވެހިރާއްޖޭގެ ބާ ކައުންސިލު'' ގެ ނަމުގައި ކަންތައްތައް ހިންގުމާއި, އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި, އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ހޯދުމާއި ލިބިގަތުމާއި ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު މުއައްސަސާއެއް އުފެދިގެންދާނެ އެވެ.

18 ވަނަ މަޖިލީހަށްވެސް މި ބިލް ހުށަހެޅިއެވެ. އެ ފަހަރު ބިލް ހުށަހަޅާފައިވަނީ ގާނޫނީ ހިދުމަތުގެ ބިލްގެ ނަމުގައެވެ. އެބިލަށް ބަދަލުތަކެއް ގެނެސް، މިނިވަން މުއައްސަސާ ކޮމިޓީން ފާސްކޮށް، މަޖިލިހުގެ ތަޅުމަށް ފޮނުވުމުން އެބިލް ވަނީ އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފަ އެވެ. އަދި ކޮމިޓީގައި އެ ބިލް އޮއްވައި މަޖިލިސްގެ ދައުރުހަމަވުމާއި ގުޅިގެން އެބިލް ބާތިލްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް