Advertisement
ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 08:47
ނާސްތާ ޕްރޮގްރާމް
ނާސްތާ ޕްރޮގްރާމް
ރައީސް އޮފީސް
ނާސްތާ ޕްރޮގްރާމް
ނާސްތާ ޕްރޮގްރާމްގެ ކޮންޓްރެކްޓް ހުރިހާ ސްކޫލްތަކަކަށް ހަވާލެއް ނުކުރެވޭ!
ނާސްތާ ޕްރޮގްރާމްގެ ކޮންޓްރެކްޓް ހުރިހާ ސްކޫލްތަކަކަށް އަދިވެސް ހަވާލެއް ނުކުރެވޭ
ކޮންޓްރެކްޓް ހަވާލު ނުކުރެވޭ ސްކޫލްތަކަށް ނާސްތާ ދެނީ ސްކޫލްގެ ޕީޓީއޭ ގެ ފަރާތުން

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދާ ނާސްތާ ޕްރޮގްރާމްގެ ކޮންޓްރެކްޓްތައް އަދިވެސް ބައެއް ސްކޫލް ތަކާއި ހަވާލު ނުކުރެވޭ ކަމަށް މިނިސްޓްރީގެ އޮފިޝަލަކު ރާއްޖެ އެމް ވީ އަށް ވިދާޅުވެއްޖެއެވެ.

ކޮންޓްރެކްޓް ހަވާލު ނުކުރެވުނު ނަމަވެސް ހުރިހާ ސްކޫލެއްގައި ވެސް ނާސްތާ ޕްރޮގްރާމް ކުރިއަށްދާ ކަމަށާއި ދަރިވަރުންނަށް ނާސްތާ ދެމުންގެންދަނީ އެ ސްކޫލްތަކުގެ ޕީޓީއޭގެ ފަރާތުން ކަމަށް ވެސް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

Advertisement

ޕައިލެޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ނާސްތާ ޕްރޮގްރާމްގެ ކޮންޓްރެކް ނުލިބެނީ ކިތަށް ސްކޫލަށް ކަމެއް މިނިސްޓްރީގެ އޮފިޝަލް ހާމައެއް ނުކުރައްވައެވެ.

ބައެއް ސްކޫލްތަކަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތްތައް ހޯދުމަށް އަދިވެސް ދަނީ އިއުލާން ކުރަމުންނެވެ. އެގޮތުން ކަނޑުހުޅުދޫ ސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދިވެހި ސަރުކާރުގެ ގެޒެޓުގައި 26 ޖޫންގައި ވަނީ އިއުލާން ކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް