Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 14:35
ފުލުހުންގެ ބެލުމުގެ ދަށުގައި ކުރިން ހުރި ބައެއް މަސްތުވާތަކެތި
ފުލުހުންގެ ބެލުމުގެ ދަށުގައި ކުރިން ހުރި ބައެއް މަސްތުވާތަކެތި
ޝުއައިބް މުހައްމަދު އިގްބާލް
މަސްތުވާތަކެތި އަތުލައިގަތުން
ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
މިތަކެތި އަތުލައިގެންފައިވަނީ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި
އެއީ ތުރުކީ ވިލާތާއި، އިނގިރޭސި ވިލާތް އަދި ސްރީލަންކާއިން އެތެރެކުރަން އުޅުނު މަސްތުވާ ތަކެތި

ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މިތަކެތި އަތުލައިގެންފައިވަނީ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

މިމަހުގެ 13 ވަނަ ދުވަހާއި 19 ވަނަ ދުވަހު އަތުލައިގެންވާ މި ތަކެއްޗަކީ ތިން ގައުމަކުން އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗެވެ.

Advertisement

އެއީ ތުރުކީ ވިލާތާއި، އިނގިރޭސި ވިލާތް އަދި ސްރީލަންކާއިން އެތެރެކުރަން އުޅުނު މަސްތުވާ ތަކެއްޗެވެ.

އަތުލައިގެންފައިވަނީ ކެނަބިސް އާއި އައިއެމްޑީއެމްއޭ (އެކްސްޓެސީ) އެވެ.

ޖުމްލަ 132 ގްރާމްގެ މި މަސްތުވާތަކެއްޗާއި އެކު މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާއި ހަވާލު ކުރެވިފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް