Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 13:34
ޔޫރަޕިއަން ޔޫނިއަންގެ އިސް ބޭފުޅުންނާއި ޚާރިޖީ ވަޒީރު ބައްދަލުކުރައްވަނީ
ޔޫރަޕިއަން ޔޫނިއަންގެ އިސް ބޭފުޅުންނާއި ޚާރިޖީ ވަޒީރު ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓްރީ
ޚާރިޖީ ވަޒީރު
ޔޫރަޕިއަން ޔޫނިއަންގެ އިސް ބޭފުޅުންނާއި ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފި
ޔޫރަޕިއަން ޔޫނިއަންގެ އިސް ބޭފުޅުންނާއި ޚާރިޖީ ވަޒީރު ބައްދަލުކުރެއްވުން
ބައްދަލުވުމުގައި ވަނީ ދެފަރާތުގެ ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާ ކޮށްފަ

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދް ޔޫރަޕިއަން ޔޫނިއަންގެ އިސްބޭފުޅުންނާއި މިއަދުގެ ވަގުތެއްގައި ބައްދަލު ކުރައްވައިފިއެވެ.

އެގޮތުން މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރ ފޮރ ޓްރޭޑް، ސިސީލިއާ މެލްމްސްޓްރޮމް އާއި އެކު ބައްދަލު ކުރައްވާފައެވެ. ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖޭގެ ވިޔަފާރީގެ ގުޅުން ހަރުދަނާކޮށް،, ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ޔޫރަޕްގެ ބާޒާރަށް ނެރުމަށް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

Advertisement

ޔޫރަޕިއަން ޔޫނިއަންގެ އިސް ބޭފުޅުންނާއި ޚާރިޖީ ވަޒީރު ބައްދަލުކުރައްވަނީ

މީގެ އިތުރުން ޚާރިޖީ ވަޒީރު ޝާހިދު ވަނީ ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސާރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް، ޕައޯލާ ޕަމްޕޮލީނީއާއިވެސް ބައްދަލުކުރައްވާފައެވެ. އިންސާނީ ހައްގުތަކާއި، އިގްތިސާދީ ތަރައްގީގެ އިތުރުން މޫސުމީ ބަދަލުތަކާއި ބެހެގޮތުން ވެސް މި ބައްދަލުވުމުގައިވަނީ މަޝްވަރާ ކުރައްވާފައެވެ.

ބްރަސަލްސްގައި ބޭއްވުނު މި ބައްދަލުވުމުގައި ޔޫރަޕިއަން ޕާލަމެންޓްގެ ބައެއް ބޭފުޅުންނާއި ވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ. މިގޮތުން ޕާލިމެންޓްގެ ބޭފުޅުންވަނީ ރާއްޖެއަށް ޑިމޮކްރެޓިކް ވެރިކަމެއް ގެނައުމާއި ސަރުކާރުން ކުރަމުން ގެންދަވާ އިސްލާހީ މަސައްކަތަށް މަރުހަބާ ދަންނަވާފައެވެ. އަދި މި މަސައްކަތުގައި ރާއްޖެއަށް އެހީތެރިވެދެއްވާނެ ކަމަށް ވެސް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް