Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 09:33
ސިނަ މާލެ ބްރިޖް
ސިނަ މާލެ ބްރިޖް
ޝުއައިބް މުހައްމަދު އިގްބާލް
ހައިވޭއާއި ބްރިޖްގައި ކޭބަލް
ހައިވޭއާއި ބްރިޖްގައި ފައިބާރ ކޭބަލް އެޅުމުގެ ޢަމަލީ މަސައްކަތްތައް އަންނަ ހަފްތާގައި ފަށަނީ
ސިނަމާލެ ބްރިޖާއި ހައިވޭގައި ފައިބާ ކޭބްލް އަޅަން ފަށަނީ އަންނަ ހަފްތާގައި
ކޮންޓްރެކްޓް ވަނީ މިދިޔަ ހަފްތާގައި ބަޔަކާއި ހަވާލު ކުރެވިފަ

ހައިވޭއާއި ބްރިޖްގައި ފައިބާރ ކޭބަލް އެޅުމުގެ ޢަމަލީ މަސައްކަތްތައް އަންނަ ހަފްތާގައި ފެށުމަށް ހަމަ ޖެހިއްޖެއެވެ.

ކެމެރާތައް ހަރުކުރުމުގެ މަސައްކަތް މާކުރިން ވެސް ވަނީ ފެށިފައި ކަމަށާއި ތިން މަސް ދުވަހުގެ ތެރޭގައި މި މަޝްރޫޢު ނިމޭނެ ކަމަށް ރާއްޖެއެމްވީ އަށް މިނިސްޓްރީ އޮފް ޕްލޭނިންގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 97 ކެމެރާ ހަރު ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

Advertisement

30 އޭޕްރީލް ގައި ފުލުހުން ކުރި އިއުލާނާއި ގުޅިގެން 8 ފަރާތަކުން ބިޑް ހުށަހަޅާފައިވާއިރު ފައިބާރ ކޭބަލް އެޅުމަށް ބަޔަކާ ކޮންޓްރެކްޓް ހަވާލު ކޮށްފައިވަނީ މިދިޔަ ހަފްތާގައި ކަމަށް މިނިސްޓްރީގެ އޮފިޝަލް ވަނީ ރާއްޖެ އެމް ވީ އަށް ވިދާޅުވެފައެވެ.

ކެމެރާ ހަރުކުރުމުގެ ސަބަބުން ބްރިޖާއި ހައިވޭގައި އެކްސިޑެންޓްއެއް ހިނގައިފިނަމަ ރެކޯޑު ކުރެވިފައިވާ ކެމެރާ ފުޓޭޖް އިން އެކްސިޑެންޓް ހިނގައި ދިޔަ ގޮތް ބަލާ ތަހުގީގު ކުރުމަށް ފުލުހުންނަށް ފަސޭހަތަކެއް ވެގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް