Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 08:35
ވެސްޓް އޭޕްރަންގެ ފުރަތަމަ ބައިގެ މަސައްކަތް ނިންމާލައިފި
ވެސްޓް އޭޕްރަންގެ ފުރަތަމަ ބައިގެ މަސައްކަތް ނިންމާލައިފި
އެމްއޭސީއެލް
ފުލައިޓް ޓެސްޓްކުރުން
ވެސްޓް އޭޕްރަންގެ ފުރަތަމަ ބައިގައި ފުލައިޓް ޓެސްޓްކޮށްފި
އޭޕްރަންގައި ކޯޑް-އީ މަރުކާގެ 5 އެއަރކްރާފްޓާއި، ކޯޑް-ސީ މަރުކާގެ 7 އެއަރކްރާފްޓް ޕާކު ކުރެވޭނެ
ވެސްޓް އޭޕްރަންގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގަ
މި މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕުން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރާ ވެސްޓް އޭޕްރަންގެ ފުރަތަމަ ބައިގެ މަސައްކަތް ނިންމާ ފްލައިޓް އޮޕަރޭޝަން ޓެސްޓު ކޮށްފިއެވެ.

ފްލައިޓް އޮޕަރޭޝަން ޓެސްޓްކޮށްފައިވަނީ އޭޕްރަންގައި ޖޫން މަހުގެ 26 ވަނަ ދުވަހު ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައި ވެއެވެ.

މީގެ އިތުރުން އެކުންފުނިން އައި.ސީ.އޭ.އޯ ސޭފްޓީ ރިކުއަރމެންޓްސްއަށް ފެތޭނެހެން އޭޕްރަންގެ ގްރައުންޑް ހޭންޑްލިން އިކުއިޕްމަންޓްތައް ވެސް ޓެސްޓް ކޮށްފައިވާއިރުޕޭވްމަންޓާއި ޓެކްސީލޭން ހިމެނޭހެން ފަރުމާ ކޮށްފައިވާ މި އޭޕްރަންގައި ކޯޑް-އީ މަރުކާގެ 5 އެއަރކްރާފްޓާއި، ކޯޑް-ސީ މަރުކާގެ 7 އެއަރކްރާފްޓް ހިމެނޭހެން ޖުމްލަ 12 އެއަރކްރާފްޓު ޕާކުކުރެވޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ

Advertisement

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވެސްޓް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް އެމް.އޭ.ސީ.އެލުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.

މި މަސައްކަތް ވެސް ކުރަމުންދަނީ އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއިންނެވެ.

ވީ.އައި.އޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކާ އަލަށް ތަރައްޤީ ކުރާ ވެސްޓް އޭޕްރަންއަކީ 70 ހާސް އަކަމީޓަރުގެ ޖާގައިގެ އޭޕްރަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް