Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 00:01
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައިޔޫއެމްގެ ހިންގުން މެދުކަނޑާ ނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައިޔޫއެމްގެ ހިންގުން މެދުކަނޑާ ނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވި
ރައީސް އޮފީސް
އައިޔޫއެމްގެ ހިންގުން
އައިޔޫއެމްގެ ހިންގުން މެދުކަނޑައެއް ނުލާނެ: ރައީސް
އިސްލާހު މަޖިލީހަށް ހުށައަޅާފައިވަނީ ޔުނިވާސިޓީތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް
ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި
އިސްލާމީ ތައުލީމުދޭ ޔުނިވާރސިޓީއެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ހިންގުން މެދު ކަނޑާނުލައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ އިސްލާމިކް ޔުނިވަސިޓީ ހިންގުން ކަމަށެވެ. ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް ބަންދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ

Advertisement

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި މިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީއާއި އިސްލާމިކް ޔުނިވާރސިޓީގެ ގާނޫނަށް އިސްލާހް ހުށައެޅުމާއި ގުޅިގެން ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވައިފައިވާ ދަނޑިވަޅެއްގައެވެ. ބައެއް މެމްބަރުން ހުށައަޅާފައިވާ އިސްލާހަށް ތާޢީދު ކުރައްވައި ވާހަކަފުޅު ދެއްކެވިއިރު ބައެއް މެންބަރުން މި އިސްލާހަށް ތާއީދެއް ނުކުރައްވައެވެ.

ރާއްޖޭގައި އިސްލާމީ ތައުލީމުދޭ ޔުނިވާރސިޓީއެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކެވަޑައި ގަންނަވާ ބޭފުޅުންގެ ތެރޭގައި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވަސިޓީގެ ދެ ވަނަ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހިމެނި ވަޑައިގަންނަވައެވެ.

މިފަދަ އިސްލާހެއް މަޖިލީހަށް ހުށައަޅާފައިވަނީ އެ ޔުނިވާސިޓީތަކަށް ދިމާވެފައި އޮތް ދަތިތައް ހައްލުކުރުމަށް ކަމަށް މައުލޫމާތު ލިބެއެެވެ. ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ ހިންގުން ވީހާ ވެސް އެއްގޮތްކުރުމަކީ ބިލްތަކުގެ މަގްސަދެއް ކަމަށް މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް