ކ. މާލެ
|
26 ޖޫން 2019 | ބުދަ 19:00
ފެމިލީ ކޯޓު
ފެމިލީ ކޯޓު
މިހާރު
ޖޭއެސްސީ
ގާޒީ ނަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްދޭން ސުޕްރީމް ކޯޓުން އެދުމުން، ޖޭއެސްސީން އިންކާރުކޮށްފި
އެކަމާއި މެދު ވަކި ގޮތެއް ނިންމާނީ، އިސް ގާޒީ ހަސަން ސައީދުގެ މައްސަލަ ވަކިގޮަތަކަށް ނިމުމުން
ސުޕްރީމްކޯޓުން ޖޭއެސްސީގައި އެދުނީ އަބްދުﷲ ނަޝީދުގެ އެދިލެއްވުމަކަށް
ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރެވިފައި ހުރީ ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެން

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ ނަޝީދު ސިވިލް ކޯޓަށް ބަދަލު ކޮށްދިނުމަށް ސުޕްރީމް ކޯޓުން އެދުމުން، ޖޭއެސްސީން އެކަމަށް އިންކާރު ކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ ޑިރެކްޓަރ ހަސަން ޒަހީން ވިދާޅުވީ، ސުޕްރީމް ކޯޓުން ޖޭއެސްސީގައި ގާޒީ ނަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްދޭން އެދުނީ، އޭނާގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ.

ޖޭއެސްސީން އެކަމަށް އިންކާރު ކުރެއްވި ސަބަބު ބަޔާން ކޮށްދެއްވަމުން ޒަހީން ވިދާޅުވީ، ޖޭއެސްސީން ނިންމާފައިވަނީ ސަސްޕެންޑް ކޮށްފައިވާ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން، ގާޒީ ނަޝީދާ މެދު ގޮތެއް ނިންމުން މިވަގުތަށް މަޑުޖައްސާލަން ކަމަށެވެ.

ގާޒީ ސައީދު ވަނީ ޖޭއެސްސީން ބަލަމުންގެންދާ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ. އަދި ޖޭއެސްސީން ވަނީ އޭނާގެ އެދިވަޑައިގަތުމާ އެއްގޮތަށް އެ މައްސަލަ ހުޅުވާލައިގެން ކުރިޔަށް ގެންދަން ނިންމާފައެވެ. މިހާތަނަށް އެ މައްސަލައިގެ ތަހުގީގު މަޖިލިސް ބާއްވާފައެއް ނުވެއެވެ.

- ކޮމެންޓް
26 ޖޫން 2019 | ބުދަ 18:44
އަލީރާޖާ
ސުޕްރީމް ކޯޓުން ގާޒީން ތަންތަނަށް ބަދަލުކުރަން އެދޭކަށް ނުޖެހޭ. އެއީ ޖޭއެސްސީގެ ކަމެއް.