Advertisement
ކ. މާލެ
|
26 ޖޫން 2019 | ބުދަ 13:42
އައިމިނަތު ރުކްޝާނާ އިބްރާހިމް
އައިމިނަތު ރުކްޝާނާ އިބްރާހިމް
ގޫގުލް
މަޖިލިސް 2019
އެންއައިސީގެ މެމްބަރުކަމަށް އެންމެ ގިނައިން މާރކްސް ލިބުނީ ރުކްޝާނާ އަށް
ރުކްޝާނާ އަށް ކޮމިޓީން ވަނީ 84.33 މާކްސް ދީފައި
މާރކްސް ދިނުމުގައި ކޮމިޓީން ބަލާފައިވަނީ ގާބިލް ކަމާއި، ތަޖްރިބާގެ އިތުރުން ތައުލީމަށް
26 ނަން ދިރާސާކުރިއިރު އެންމެ މަތިން މާރކްސް ހޯދާފައިވަނީ 4 ފަރާތެއް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެންމެ ގިނައިން މާރކްސް ލިބިފައިވަނީ މ. ލިޔާގެ އައިމިނަތު ރުކްޝާނާ އިބްރާހިމަށެވެ.

ރުކްޝާނާ އަށް ކޮމިޓީން ވަނީ 84.33 މާކްސް ދީފަ އެވެ. ރުކްޝާނާ ވަނީ މީގެ ކުރިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ރުކްޝާނާ އައްޔަންކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.

Advertisement

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ކުރިމަތިލެއްވި 26 ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ 15 އެޕްރީލްގައެވެ.

މެމްބަރުކަމަށް އައްޔަންކުރުމަށް އެކަށީގެންވާ ބޭފުޅުންގެ ގޮތުގައި ބަލަނީ ކޮމެޓީ މަރުހަލާގައި 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ކުރިމަތިލެއްވި 26 ބޭފުޅުންގެ ނަމުގެތެރެއިން 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބުނީ 4 ބޭފުޅުންނަށެވެ.

މަތިން މާރކްސް ހޯއްދަވާފައިވާ 4 ބޭފުޅުންނަކީ:

  1. އައިމިނަތު ރުކްޝާނާ އިބްރާހިމް، މ. ލިޔާގެ - 84.33 މާރކްސް
  2. އަލީ މުހައްމަދު މަނިކު ދަފްތަރު ނަމްބަރު 1851 - 78.83 މާރކްސް
  3. ޑޮކްޓަރު އައިޝަތު ޝެހެނާޒް އާދަމް މ. އެމޭޒަން - 77.57 މާރކްސް
  4. ޔޫސުފް މާނިއު މުހައްމަދު ގ.އަތަ - 77.57 މާރކްސް

މާރކްސް ދިނުމުގައި ކޮމިޓީން ބަލާފައިވަނީ ގާބިލް ކަމާއި، ތަޖްރިބާގެ އިތުރުން ތައުލީމަށެވެ.

އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް މީހަކު އައްޔަންކުރަނީ، އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އިންޓެގްރިޓީ ކޮމިޝަނުގައި ފަސް މެމްބަރުން ތިއްބަވައެވެ. އެއީ ހައްސާނު ހަމީދު، ޚަދީޖާ އަބްދުﷲ، އަހުމަދު އަމީނު، އަހުމަދު ސުލައިމާނުއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފައްދާފައި ވަނީ 2016 ވަނަ އަހަރެއެވެ. އެއީ ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވާލުމަށް ފަހު އުފައްދާފައިވާ ކޮމިޝަނެކެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް