Advertisement
ކ. މާލެ
|
26 ޖޫން 2019 | ބުދަ 09:59
އޭސީސީގެ ރައީސް ހަސްން ލުތުފީ
އޭސީސީގެ ރައީސް ހަސްން ލުތުފީ
މުހައްމަދު ޝަރުހާން
ހަސަން ލުތުފީ
އޭސީސީގެ ރައީސް އިސްތިއުފާ ދެއްވައިފި
ހަސަން ލުތުފީ އސްތިއުފާ ދެއްވާފައިވަނީ ބުދަ ދުވަހުގެ ހެނދުނު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ, އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުން ލުތުފީ މަޤާމުން އިސްތިއުފާ ދެއްވާ ސިޓީ ފޮނުވާފައިވަނީ އަންގާރަ ދުވަހު އެވެ. ލުތުފީ މަޤާމުން އިސްތިއުފާދެއްވާފައިވާކަން ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވެއެވެ.

ހަސަން ލުތުފީ އިސްތިއުފާ ދެއްވާފައިމިވަނީ އަންގާރަ ދުވަހު އޮތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ލުތުފީ ވަކިކުރުމަށް، ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނިކޮށެވެ. ކޮމެޓީން އެގޮތަށް ފާސްކުރީ، ވަޒީފާއަށް ނުނިކުންނަވާ މުސާރަ ނަންގަވަމުންދާ މައްސަލައިގަ އެވެ.

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ ކަރަޕްޝަންގެ މައްސަލަތަކުން އެމަނިކުފާނު ސަލާމަތް ކުރައްވަން މަގުފަހި ކުރެވޭ ގޮތަށް ލުތުފީ އަމަލު ކުރެއްވި ކަމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔާމީންގެ އެކައުންޓަށް ވަން އެއްމިލިއަން ޑޮލަރުގެ މައްސަލަ ބަލަން އޭސީސީން ހިންގި ތަހުގީގުގައި ވެސް އެއް މިލިއަން ޑޮލަރު ޖަމާކުރި ޔާމީންގެ އެކައުންޓް ފްރީޒްނުކޮށް އެކްސްކްރޯ އެކައުންޓެއް ހުޅުވައި، ފައިސާ ޖަމާކުރުމަށް އެއްބަސްވުމެއް ހެދުމަށް އުޅުއްވިކަމުގެ ތުހުމަތު ވަނީ ލުތުފީގެ މައްޗަށް ވަނީ ކުރެވިފައެވެ.

އޭގެ އިތުރުން، ލުތުފީގެ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ލުތުފީ އޮފީހަށް ނުނިކުންނަވާ ކަމަށާއި، މި މުއްދަތުގައި ލުތުފީ ފުރިހަމަ މުސާރަ ވެސް ނަންގަވަމުން ގެންދަވާކަން އޭސީސީގެ މަސްދަރަކުން ޔަޤީން ކޮށްދީފައިވާއިރު، ލުތުފީގެ އެއްވެސް ޚަބަރެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް