Advertisement
ކ. މާލެ
|
26 ޖޫން 2019 | ބުދަ 12:30
2016 ވަނަ އަހަރު ތިނަދޫ އިނަޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ
2016 ވަނަ އަހަރު ތިނަދޫ އިނަޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ
އިންޑިޕެންޑެންޓް
ގދ. ތިނަދޫ
ތިނަދޫ އިންޖީނުގޭގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ
އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައި

ގދ. ތިނަދޫ ޕްރީފެބްރިކޭޓެޑް އިންޖީނުގޭގެ ނުނިމި ހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ކުރި އިއުލާނުގައިވަނީ ތިނަދޫގެ ޕްރީފެބްރިކޭޓެޑް އިންޖީނުގޭގެ ވޯލް އަދި ރޫފް ކްލެޑިންގ ސަޕްލައިކޮށް، އިންސްޓޮލޭޝަން، ސަރވިސަސް އަދި ފިނިޝިންގެ އެންމެހައި މަސައްކަތާއި، އިންޖީނުގެއަށް ބޭނުންވާ އޯވަރ ހެޑް ކްރޭން ސިސްޓަމް ސަޕްލައިކޮށް އިންސްޓޮލޭޝަން މަސައްކަތާއި، ސްޓެކްޑް ޗިމްނީއެއް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ އެންމެހައި މަސައްކަތްތައް، ފެނަކަ ކޯޕަރޭޝަނުން ދޭ މަޢުލޫމާތާއެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

Advertisement

އިޢުލާނާ ގުޅޭ ބިޑް ޑޮކިއުމަންޓް 26 ޖޫން 2019 އިން 04 ޖުލައި 2019 އަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި ހެޑް އޮފީސް ލިބިވަޑައިގަންނަވާނެ ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ އެންމެ ފަހު ދުވަހަކީ 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ކަމަށްވެސް އެ އިއުލާނުގައި ވެއެވެ. އަދި މަސައްކަތްތަކަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައި ކަމުގައި ވެސް އެ އިއުލާނުގައި ވެއެވެ.

ތިނަދޫގައި އައު އިންޖީނުގެޔެއް އެޅީ 2016 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި އެ ރަށުގެ އިންޖީނުގެ އެއްކޮށް އަނދާ ހުލިވުމާއި ގުޅިގެންނެވެ. އެ ހާދިސާއަށްފަހު ފެނަކައިން ނިންމީ އެ ރަށުގައި ޕްރީފެބްރިކޭޓެޑް އިންޖީނުގެޔެއް އެޅުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް