Advertisement
ކ. މާލެ
|
26 ޖޫން 2019 | ބުދަ 10:53
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް
އޭ.ޑީ.ކޭ ހޮސްޕިޓަލް
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް
އޭ.ޑީ.ކޭ އިން " ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް " އެއް ބާއްވަނީ
މި ކޮންފަރެންސް އޮންނާނީ ސެޕްޓެމަބަރ މަހު

އޭޑީކޭ ހޮސްޕިޓަލުން ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްއެއް ބާއްވަން ނިންމައިފިއެވެ.

މި ކޮންފަރެންސް ބާއްވަން ހަމަޖައްސާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހގެ 17-19 އަށެވެ.

"ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 19" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސްގެ ބޭނުމަކީ ސިކުނޑިއާއި މައިބަދަގެ ބަލިތަކާ ބެހޭ ގޮތުން ޑޮކްޓަރުންނާއި މެޑިސިން ކިޔަވާ ދަރިވަރުން ބޮޑަށް އަހުލުވެރިކުރުމަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.

Advertisement

އެ ހޮސްޕިޓަލުން ބުނީ ޑޮކްޓަރުންނާއި ކިޔަވާ ދަރިވަރުން ރީސާރޗާއި އެޑްވާންސްޑް ޓްރީޓްމަންޓާއި އަދި ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު މި ކޮސްފަރެންސްގައި ބާއްވާ ސެޝަންތަކުގެ ޒަރިއްޔާއިން ލިބިގެންދާނެ ކަމަށެވެ.

ކޮސްފަރެންސްގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ހުޅުވާލާފައި ވަނީ 20 ޖޫން އިން 20 އޮގަސްޓްގެ ނިޔަލަށެވެ.

ޑޮކްޓަރުންގެ ރެޖިސްޓްރޭޝަން ފީއަކީ 100 ޑޮލަރެވެ. މެޑިސިން ކިޔަވާ ދަރިވަރުންނަށް މި ކޮންފަރެންސްގައި ހިލޭ ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Advertisement

Advertisement
- ކޮމެންޓް