Advertisement
ކ. މާލެ
|
25 ޖޫން 2019 | އަންގާރަ 13:47
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
ގޫގުލް
އޭސީސީއަށް ހުށައެޅުނު މައްސަލަތައް
މި އަހަރު ވެސް އޭސީސީގައި އެންމެ ގިނައިން ރަޖިސްޓްރީ ކުރެވިފައި ވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތައް
ޕްރޮކިއުމަންޓާ ގުޅޭ 111 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވޭ
ވަޒީފާއާގުޅޭ ގިނަ މައްސަލަތަކެއް ރަޖިސްޓްރީ ކުރެވިފައިވޭ
މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އޭސީސީއަށް 268 މައްސަލަ ހުށަހެޅިފައިވޭ

މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެންމެ ގިނައިން ރަޖިސްޓްރީ ކުރެވިފައި ވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

Advertisement

ހޯމަ ދުވަހު އޭސީސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޕްރޮކިއުމަންޓާ ގުޅޭ 111 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ އެ ބާވަތުގެ 147 މައްސަލައެވެ.

އޭސީސީން އާންމުކުރި ތަަފާސްހިސާބުތައް

އޭސީސީން އިތުރަށް ބުނީ، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކަށް ބަލާއިރު، ވަޒީފާއާ ގުޅޭ ގިނަ މައްސަލަތަކެއް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާދިނުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އަދި އުސޫލުތަކުގެ ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަން ކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ.

އެގޮތުން ވަޒީފާއާ ގުޅޭ 48 މައްސަލައެއް މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، 2018 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާގުޅޭ 40 މައްސަލައެއް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، އޭސީސީއަށް 268 މައްސަލަ ހުށަހެޅިފައިވާއިރު، އެ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި 19 މައްސަލައާ އެކު ޖުމްލަ 287 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

Advertisement

Advertisement
- ކޮމެންޓް