Advertisement
ކ. މާލެ
|
24 ޖޫން 2019 | ހޯމަ 23:45
ލުތުފީ
ލުތުފީ
ޕޮލިސް
ލުތުފީ
ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި
އެމްބަސީ އަށް ހާޒިރުވެފައިވަނީ މޭ މަހު
2010 ވަނަ އަހަރު ބޭސްފަރުވާ އަށް ދިޔަ ގޮތަށް ލުތުފީ އުޅެނީ ފިލައިގެން
ފުލުހުން ދަނީ ލަންކާގައި ލުތުފީ ބަލަހައްޓަމުން

ރާއްޖެއަށް ދިން އުދުވާނީ ހަމާލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރު ތަމަޅަޓައިގަރުންނާއި ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީ 2010 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އޭނާ ރާއްޖެ އައިސްފައި ނުވާއިރު އޭނާ ފިލައިގެން އުޅެމުންދިޔައީ ސްރީލަންކާގައެވެ.

Advertisement

ހޯމަ ދުވަހު ފުލުހުން އާއްމުކުރި ބަޔާނުގައި ބުނީ، ލުތުފީ ރާއްޖެ އައިސްފައި ނުވާތީ ޑިޕާޓްމެންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސް އިން 2012 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު ލުތުފީ ހޯދައި ހުކުމް ތަންޒީފު ކުރުމަށް އޭނާ އެ ޑިޕާޓްމެންޓާއި ހަވާލުކޮށް ދިނުމަށް އެދި ފުލުހުންނަށް މައްސަލަ ހުށައެޅިފައިވާ ކަމަށެވެ.

އެގޮތުން އޭނާ ހޯދުމަށް ފުލުހުން ރެޑް ނޯޓިސް ނެރެފައި ވަނިކޮށް މޭ މަހުގެ އެއްވަނަ ދުވަހު ސްރީލަންކާގައި ހުންނަ ރާއްޖެ އެމްބަސީ އަށް އޭނާ އަމިއްލައަށް ހާޒިރުވުމާއި ގުޅިގެން ދިވެހިން ފުލުހުންނާއި ލަންކާގައި ހުންނަ ރާއްޖެ އެމްބަސީއާ ގުޅިގެން ލުތުފީ ރާއްޖެ އަނބުރާ ގެނައުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތް ކުރަމުންދާ ކަމަށެވެ ދިވެހި ފުލުހުން ލުތުފީ ލަންކާގައި ބަލަހައްޓަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް