Advertisement
ކ. މާލެ
|
25 ޖޫން 2019 | އަންގާރަ 09:27
ޖޭއެސްސީގެ ޕްރެސްކޮންފަރެންސްގެ ތެރެއިން
ޖޭއެސްސީގެ ޕްރެސްކޮންފަރެންސްގެ ތެރެއިން
ރާއްޖެ އެމްވީ
ޖުޑީޝަލް ސަރވިސް ކޮމިޝަން
ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލަނީ، ފަންނީ ލަފާ ހޯދާނެ!
މިއީ ރާއްޖޭގައި މުޅިން އަލަށް ފަަށައިގަންނަ ކަމެއް
ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އޮތްތޯ ބަލައި ދިނުމަށް ވަނީ އެދިފައި
ފަނޑިޔާރުންގެ ކޮރަޕްޝަންގެ މައްސަލައެއް އޮތްތޯ ބެލުމަށް މަޖިލީހުން ވަނީ އެދިފައި

ރާއްޖޭގެ ކޯޓުތަކެއްގެ ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލަން ނިންމާފައިވާ ކަމަށާއި، އެކަމަށް ފަންނީ ލަފާ ހޯދާނެ ކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބުނެފިއެެވެ.

ޖޭއެސްސީގެ ޑައިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ގާނޫނުގައި ބުނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ ޝަރުތުތައް ހަމަވޭތޯ ބަަަަަަލަން ރައްޔިތުންްްްގެ މަޖިލީހުންް ޖޭއެސްސީގައި އެދިފައިވަތީ ހޯމަ ދުވަހު ބޭއްވި ކޮމިޝަންގެ 38 ވަނަ ޖަލްސާގައި އެކަމާ ބެހޭ ގޮތުންް މަޝްވަރާކުރެވިފައިވާ ކަމަށެވެ.

Advertisement

މިއީ ރާއްޖޭގައި މުޅިން އަލަށް ކުރާ ކަމަކަށް ވާތީވެ އެއްވެސް ފަނޑިޔާރަކު އިސްތިސްނާނުވާ ގޮތަށް ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލަން ނިންމާފައި ވަނީ ފަންނީ ލަފާ ހޯދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ޕާފޯމެންސް ބެލުމުގެ މަސައްކަތް ވީހާ ވެސް އަވަހަށް ކޮމިޝަނުން ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެ އެކަން ކުރަން ވީހާ ވެސް އަވަސް ކުރުމަށް މި ވަނީ ނިންމާފައި... މި ކަމުގައި ކޮންސަލްޓެންސްގެ އެހީ ހޯދައިގެން އެކަން ކުރިޔަށް ގެންދިޔުމަކީ މުހިއްމު ކަމެެއް ކަން އެ ބޭފުޅުންނަށް ފާހަގަކުރެވުނު. އެގޮތުން ކޮންސަލްޓެންސްގެ އެހީ ހޯދައިގެން އެކަން ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި،"
ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަން ކުރުމުގެ ގަވާއިދެއް އެކުލަވާލައި 2014 ވަނަ އަހަރު ވަނީ ގެޒެޓް ކުރެވިފައެވެ. އެ ގަވާއިދުގެ މަގްސަދުގެ ތެރޭގައި، ޝަރުއީ ދާއިރާ ހަރުދަނާ ކުރުމާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތު ފެންވަރު ރަނގަޅު ކުރުމާއި، ޚިދުމަތް ހޯދާ ފަރާތްތަކުގެ ޙައްޤުތައް އިންސާފުވެރިކަމާ އެކު ހޯދައިދިނުން ހިމެނެއެވެ. ފަނޑިޔާރުންގެ ފެންވަރު ބަލަން ޖޭއެސްސީން ނިންމުމުން ފަނޑިޔާރުންގެ ޖަމިއްޔާ އިން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.

އެ ޕްރެސް ކޮންފަރެންސްގައި ޒަހީން ވިދާޅުވީ، އެއްވެސް ފަނޑިޔާރަކާ ގުޅޭ ގޮތުން ކޮރަޕްޝަނުގެ މައްސަލައެއް ހުށައެޅި ފަނޑިޔާރުންގެ ސުލޫކަށް އަސަރުކުރާ ކަމެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމަށް މަޖިލީހުން އެދިފައިވާތީ، އެފަދަ މައްސަލަތައް ޖޭއެސްސީން ބަލަމުންދާ ގޮތަށް އެ މައްސަލަ ވެސް ބަަލަމުންދާނެ ކަމަށް މަޖިލީހަށް ޖަވާބުދީފައިވާނެ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް