Advertisement
ކ. މާލެ
|
17 ޖޫން 2019 | ހޯމަ 18:46
ބޭރުގެ ޢިއްޒަތްތެރިއަކު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރެއްވުން
ބޭރުގެ ޢިއްޒަތްތެރިއަކު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރެއްވުން
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދ ސޯލިޙް
ބޭރުގެ ތިން ޢިއްޒަތްތެރިއަކު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފި
މިބައްދަލުކުރެއްވުންތައް އޮތީ ކުރުނބާ މޯލްޑިވްސްގައި

ބޭރުގެ ތިން ޢިއްޒަތްތެރިއަކު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފި އެވެ.

ވަކިވަކިން މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުންތައް އޮތީ ކުރުނބާ މޯލްޑިވްސް ގައެވެ. އެގޮތުން ރައީސް ސޯލިހާއި ބައްދަލުކުރެއްވި ބޭރުގެ އިއްޒަތްތެރިންނަކީ، ސަރބިއާގެ މިނިސްޓަރ އޮފް ލޭބަރ، އެމްޕްލޮއިމަންޓް، ވެޓަރަން އެންޑް ސޯޝަލް އެފެއާޒް، މިސްޓަރ ޒޯރަން ޖޯޖަރވިޗާއި ޔޫ.އެން.ޑީ.ޕީގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ހައުލެންގް ޒޫ އަދި ޔޫ.އެން.އޯ.ޕީ.އެސްގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ވިޓާލީ ވެންޝެބޮއިމް އެވެ.

ސަރބިއާގެ މިނިސްޓަރ އޮފް ލޭބަރ، އެމްޕްލޮއިމަންޓް، ވެޓަރަން އެންޑް ސޯޝަލް އެފެއާޒާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށާއި ރާއްޖޭގެ މަސައްކަތްތެރިންގެ ވެލްފެއާރގެ ކަންކަމަކީ ވެސް އެހާމެ މުހިންމުކަން ދެއްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

Advertisement

ޔޫއެންޑީޕީގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ހައުލެންގް ޒޫއާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ޔޫ.އެން.ޑީޕީން ރާއްޖޭގައި ކުރިޔަށްގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ މަސައްކަތްތަކުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް އިތުރުބާރެއް ލިބިގެންދާކަމަށް ވިދާޅުވިއެވެ.

ޔޫ.އެން.އޯ.ޕީ.އެސްގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ވިޓާލީ ވެންޝެބޮއިމާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ޔޫ.އެން.އޯ.ޕީ.އެސްގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަކޮށް ފެނުގެ ރައްކާތެރިކަމާބެހޭ ދާއިރާއިން ރާއްޖެއަށް އެ ޖަމާޢަތުން ވެދޭ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް