Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 18:26
ޓްރޭޝްޓެގް އެމްވީ ހަރަކާތުގައި ބައިވެރިވި ބީއެމްއެލް މުވައްޒަފުން
ޓްރޭޝްޓެގް އެމްވީ ހަރަކާތުގައި ބައިވެރިވި ބީއެމްއެލް މުވައްޒަފުން
ބީއެމްއެލް
ޓްރޭޝްޓެގް އެމްވީ
"ޓްރޭޝްޓެގް" ހަރަކާތުގައި ބައިވެރިވި ބީއެމްއެލް މުވައްޒަފުންގެ އެހީއެއް ސޭވް ދަ ބީޗް އަށް!
ސޭވް ދަ ބީޗް އަށް ވަނީ 30،000 ރުފިޔާ ހަވާލުކޮށްފައި

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގެ ނަމުގައި ފެށި ކެމްޕެއިންގެ ބައިވެރިންގެ ފަރާތުން ތިމާވެށި ރައްކާތެރިކޮށް ރާއްޖޭގެ ގޮނޑުދޮށްތައް ސާފުކޮށް ބެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ހާއްސަ ޖަމިއްޔާ އެއްކަމުގައިވާ ސޭވް ދަ ބީޗް އަށް ބީއެމްއެލް އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ވިލިމާލޭގައި ބޭއްވި ކުޑަ ހަފްލާއެއްގައި ޓްރޭޝްޓެގް ޗެލެންޖްގައި ބައިވެރިވި ބީއެމްއެލް މުވައްޒަފުންގެ ނަމުގައި ސޭވް ދަ ބީޗް އަށް ވަނީ 30،000 ރުފިޔާ ހަވާލުކޮށްފައެވެ.

Advertisement

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ މި ޗެލެންޖަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށާއި ސާފުކުރުމުގެ ކުރިން އަދި ސާފުކުރުމުގެ ފަހުން ނަގާފައިވާ ފޮޓޯތައް ރާއްޖޭގެ އެކި ކަންކޮޅު ތަކުން ސޯޝަލް މީޑިއާގައި ޝެއާކުރެވުން މަންޒަރު ފެނިގެން ދިޔޔަ ކަމަށެވެ.

މިއަދު އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓަށް ފައިދާކުރުވަނިވި ހަރަކާތްތަކެއް ހިންގުމަށް ދެވޭ އެހީތެރިކަމެއް. ޒުވާނުން އިސް ނަގައިގެން މިފަދަ މުހިންމު މަސައްކަތެއް ކުރާ ޖަމިއްޔާއަކަށް ބީއެމްއެލްގެ ނަމުގައި އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ." މުހައްމަދު ސައީދު، މެނޭޖަރ ޕަބްލިކް ރިލޭޝަންސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މަސައްކަތް ކުރާ ބީއެމްއެލް ގެ މުވައްޒަފުންނާއި، މިދިޔަ އީދު ބަންދަށް އަތޮޅު ތެރެއަށް ދަތުރު ކުރި މުވައްޒަފުން އިސްނަގައިގެން ފެށި ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ގައި ވަނީ އެކި ރަށްރަށުގެ ތަފާތު އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި އެ ސަރަހައްދުތަކަށް ރީތިކަން ގެނެސްދީފައެވެ.

ސާފު ކުރުމުގެ ކުރިން އަދި އެއަށް ފަހު ނަގާފައިވާ ފޮޓޯތައް TrashTagMV# ހިމަނައިގެން ސޯޝަލްމީޑިއާގައިވަނީ ހިއްސާކޮށްފައެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެން ރަޝީދު ހަސަން ވަނީ ބޭންކް އޮފް މޯލްޑިވްސް އިން ކުރިޔަށް ގެންދިޔަ ޓްރޭޝްޓެގް އެމްވީ ޗެލެންޖް އަށް މަރުހަބާ ދަންނަވައި، އަދި އެ ހަރަކާތް އެންޑޯސް ކުރައްވާ ވީހާވެސް ގިނަ ބަޔަކު މިޗެލެންޖްގައި ބައިވެރިވެ ސާފުކުރުމުގެ ކުރިން އަދި ފަހުން ނަގާފައިވާ ފޮޓޯ ހިއްސާކުރެއްވުމަށް އެދިލައްވާފައެވެ.

އަދި މީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ވެސް ވަނީ މި ހަރަކާތް އެންޑޯސްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް