Advertisement
ކ. މާލެ
|
31 މެއި 2019 | ހުކުރު 10:41
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ރާއްޖެއެމްވީ
ޖެންޑަރ މިނސްޓަރ ޝިދާތާ ޝަރީފް
އާ މަޖިލީހުން ކުޑަކުދިންގެ ހައްޤުތަކާބެހޭ ޤާނޫނެއް ފާސްކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް:ޝިދާތާ
އެންމެ މުހިއްމު ކަމަކީ ކުޑަކުދިންގެ ހައްޤުަތަކާ ބެހޭ ޤާނޫނެއް ފާސްކުރުން ކަމަށް ވިދާޅުވި
ޖެންޑަރ އިކުއަލިޓީ އެކްޓަށް ހަޤީޤީ ޤާނޫނީ ބާރުވެރިކަން ދިނުމަށް އެދިފައިވޭ

ނަވާރަ ވަނަ މަޖިލީހުން ކުޑަކުދިންގެ ހައްޤުތަކާ ބެހޭ ޤާނޫނެއް ފާސްކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އާ މަޖިލިސް މެދުވެރިކޮށް ހާސިލުކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ވިދާޅުވީ އެންމެ މުހިއްމު ކަމެއްގެ ގޮތުން މަޖިލިސް މެދުވެރިކޮށް ކުޑަކުދިންގެ ހައްޤުތަކާބެހޭ ޤާނޫނެއް ފާސްވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކުޑަކުދިންގެ ދުވަހުގައި ރައީސް ސޯލިހް ފޮނުއްވިޚިތޯބުގައިވެސް އެންމެ އިސްކަންދީގެން، ސަރުކާރުން ކުރިއަށް ގެންދަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތްކަމަށް ވިދާޅުވެފައިވެ އެވެ.

Advertisement

މިނިސްޓަރ ޝިދާތާ ވިދާޅުވީ، އާ މަޖިލިސް މެދުވެރިކޮށް ޖެންޑަރ އިކުއަލިޓީ ގާނޫނަށް ހަޤީޤީ ޤާނޫނީ ބާރުވެރިކަން ދިނުމާއި، މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި ޤާނޫނުތަކަށް ބޭނުންވާ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން، އެކި މަޤާމުތަކަށް މަޖިލީހުން ރުހުން ދިނުމުގައި އަންހެނުންނަށް ހަމަ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށްވެސް އުއްމީދު ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

މަޖިލިސްގެ ނައިބު ރައީސް

އާ މަޖިލީސް ފެށުމާއެކު ފެނިގެން މިދަނީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ އުންމިދީ ބަދަލުތަކެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވެވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމާއި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރު ކަމަށް އަންހެން ބޭފުޅުން އިންތިހާބު ކުރެވިގެން ދިއުމަކީ 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުމާ އެކު ރައްޔިތުންގެ ވިންދާ ގުޅިފައިވާ އުންމީދީ ބަދަލުތަކެއް ފެންނަމުންދާ ކަމުގެ މިސާލެއް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް