ކ. މާލެ
|
28 މެއި 2019 | އަންގާރަ 21:10
އޯއައިސީގެ ލީޑަރުންނާއި މަންދޫބުން ކަޒަކިސްތާނުގައި ބޭއްވި ބައްދަލުވުމެއްގައި ފޮޓޯއަކަށް ހުޓިވަޑައިގެން
އޯއައިސީގެ ލީޑަރުންނާއި މަންދޫބުން ކަޒަކިސްތާނުގައި ބޭއްވި ބައްދަލުވުމެއްގައި ފޮޓޯއަކަށް ހުޓިވަޑައިގެން
ރޮއިޓަރސް
އޯއައިސީ
މައްކާގައި ބާއްވާ އޯއައިސީގެ ބައްދަލުވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވަޑައިގަންނަވާނެ
އީރާނުގެ މައްޗަށް ސައުދީން އެތައް ތުހުމަތުތަކެއް ކުރޭ

ސައުުދީ އަަރަބިއާގެ މައްކާގައި ބާއްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ)ގެ 14 ވަނަ ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

"މެދުއިރުމަތީގެ މައްސަލައަށް މަޝްވަރާ ކުރުމަށް އަދި މިހާރު އޮތް ހާލަތު ރަނގަޅު ކުރުމަށް އޯއައިސީ ބައްދަލުވުމަކީ ވަރަށްމުހިއްމު ބައްދަލުވުމެއް" ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހުމޫދު ޤުރައިޝީ އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ގުރައިޝީ އިޝާރާތް ކުރައްވާފައިވާ ސުލްހައިގެ ވާހަކައަކީ އެމެރިކާއިން ނަންކުރާ "ގަރުނުގެ އެއްބަސްވުން" މެވެ.

އެ އެއްބަސްވުން އާއްމުކުރުމަށް ހަމަޖައްސާފައިވަނީ އަންނަ މަހު ބަހްރެއިންގައި ބާއްވާ ބައްދަލުވުމެއްގައެވެ.

މެއި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އޯއައިސީ ބައްދަލުވުމުގައި މުސްލިމް ގައުމުތަކަށް މިހާރު ދިމާވެފައިވާ މައްސަލަތަކާއި އޯއައިސީ ގައުމުތަކުގެ ގެނެވިފައިވާ ތަރައްގީއާއި ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް އެޖެންޑާގައިވެއެވެ.

"މުސްތަގުބަލަށްޓަކައި އެކުގައި" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓަށް ދައުވަތު އަރުވާފައިވަނީ ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދެވެ.

ގަލްފުގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެފައިވާއިރު ސަމިޓްގައި އީރާނުން ބައިވެރިވާނެ ކަމަށް ބުނެފައެއް ނުވެއެވެ.

ސައުދީ އަރަބިއާއިން ވަނީ އެ ގައުމުން ގުޅުން ކަނޑާލާފައިވާ ގަތަރަށް ވެސް ދައުވަތު ދީފައެވެ.

- ކޮމެންޓް