ކ. މާލެ
|
26 މެއި 2019 | އާދީއްތަ 15:25
އެފްރިކަން ނޭޝަނަލް ކޮންގްރެސް ޕާޓީއަށް އިންތިޚާބުގައި ލިބިފައި ވަނީ 57.7 އިންސައްތަ
އެފްރިކަން ނޭޝަނަލް ކޮންގްރެސް ޕާޓީއަށް އިންތިޚާބުގައި ލިބިފައި ވަނީ 57.7 އިންސައްތަ
ރޮއިޓަރސް
ދެކުނުއެފްރިކާ
ރަމަފޯސާ ދެކުނު އެފްރިކާގެ ރައީސްކަމުގެ ހުވާކުރައްވައިފި
ރަމަފޯސާ ފުރަތަމަ ރައީސް ކަމަށް ވަޑައިގަތީ މިދިޔަ އަހަރު
އޭއެންސީ އަށް ވަނީ އާއްމުންގެ އިތުބާރު ކުޑަވެފަ
މިއީ 1994 ވަނަ އަހަރުގެ ފަހުން އެ ޕާޓީން އެންމެ ތާއީދު ކުޑަކޮށް ވެރިކަމަށް އައިފަހަރު

ދެކުނު އެފްރިކާގެ ރައީސްކަމުގެ މަގާމަށް އންތިޚާބުވެ ވަޑައިގެންފައިވާ ސިރިލް ރަމަފޯސާ ފަސް އަހަރުގެ ދައުރަކަށް ހޮނިހިރު ދުވަހު ހުވާ ކުރައްވައިފިއެވެ.

ވެރިރަށް ޕްރިޓޯރިއާގެ ސްޓޭޑިއަމްގައި ބޭއްވުނު ރަސްމިއްޔާތުގައި ސަރަހައްދީ ގައުމުތައް ކަމަށްވާ ޒިމްބާބުވޭ އާއި މޮޒަމްބީކުގެ ލީޑަރުން ވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު 30،000 މީހުން ހާޒިރުވެފައިވެއެވެ.

"އަޅުގަނޑުމެންގެ މި ގައުމު އާ ދައުރަކަށް އަލިވިލިއްޖެ. ދެކުނު އެފްރިކާއަށް މި އިރުއެރީ އުޖާލާ ދުވަހަކަށް" ރަމަފޯސާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތައް ބޮޑު އަދި އެއީ ހަގީގަތް.އެކަމަކު އެއީ އައިނުގަނެވޭވަރު ބޮޑު ގޮންޖެހުމެއްނޫން.އެކަންކަން ހައްލުވާނެ. އަޅުގަނޑު މިއަދު މިތާހުރެ މި ދަންނަވަނީ އެ ކަންކަން ހައްލުވާނެ" އުމުރުފުޅުން 66 އަހަރުފުޅުގެ ރަމަފޯސާ ވިދާޅުވިއެވެ.

ރަމަފޯސާ ރައީސްކަމަށް ވަޑައިގެންފައި ވަނީ މި މަހު ބޭއްވި އިންތިޚާބުގައި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެފްރިކަން ނޭޝަނަލް ކޮންގްރެސް ޕާޓީ(އޭއެންސީ)ން 57.7 އިންސައްތައާއެކު އިންތިޚާބު ކާމިޔާބުކޮށްގެންނެވެ.

މިއީ ނަސްލީ އިމްތިޔާޒް ނައްތާލައި 1994 ވަނަ އަހަރު އޭއެންސީ ވެރިކަމަށް އައި ފަހުން އެޕާޓީން އެންމެ ތާއީދު ކުޑަކޮށް ވެރިކަމަށް އައިފަހަރެވެ.

ރަމަފޯސާ އެންމެ ފުރަތަމަ ރައީސް ކަމަށް ވަޑައިގެންފައިވަނީ ރައީސް ޖޭކަބް ޒޫމާގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު މަގާމުން ދުރަށް ވަޑައިގަތުމުން މިދިޔަ އަހަރުއެވެ.

އެ މައްސަލަތަކާ އެކު އޭއެންސީއަށްވަނީ އާއްމުންގެ އިތުބާރު ކުޑަވެފައެވެ.

- ކޮމެންޓް