ކ. މާލެ
|
24 މެއި 2019 | ހުކުރު 15:01
އިނގިރޭސީ ބޮޑުވަޒީ ތެރިސާ މޭ
އިނގިރޭސީ ބޮޑުވަޒީ ތެރިސާ މޭ
ބީބީސީ
އިނގިރޭސީވިލާތް
އިނގިރޭސި ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ނިންމަވައިފި
އެކަމަނާއަކީ އެ ގައުމުގެ ދެ ވަނަ އަންހެން ބޮޑުވަޒީރު
މަގާމުން އިސްތިއުފާ ދެއްވާނީ އަންމަ މަހުގެ ހަތް ވަނަ ދުވަހު
އިސްތިއުފާ ދެއްވަނީ އީޔޫއިން ވަކިވުމުގެ މައްސަލައަށް ހައްލު ނުލިބި

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަން، ތެރީސާ މޭ ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.

އިސްތިއުފާ ދެއްވަން ނިންމެވިކަން މޭ އިއުލާން ކުރެއްވީ އަސަރުން ފުރިގެންވާ ވާހަކަފުޅުތަކާ އެކު، ލަންޑަނުގައި ހުންނަ، އިނގިރޭސީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ބޭރުގައި ހުކުރު ދެއްވި ހިތާބެއްގައެވެ. އެކަމަނާ ވިދާޅުވީ އަންނަ މަހުގެ ހަތް ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައި، ގައުމުގެ މަސްލަހަތަށް އިސްކަން ދޭނެ އާ ބޮޑުވަޒީރަކު އިންތިހާބު ކުރެއްވުމަށް ޖާގަ ދެއްވާނެ ކަމަށެވެ.

މޭ އިސްތިފާ ދެއްވީ އިނގިރޭސީވިލާތް، އީޔޫއިން ވަކިވުމަށް 2016 ވަނަ އަހަރު ނެގި ވޯޓާ ގުޅިގެން ދިމާވި ކަންތައްތައް ހައްލު ނުކުރެވި ދިގުލައިގެން ގޮސްފައި ވަނިކޮށެވެ. އެ މައްސަލައަށް އިޝާރާތް ކުރައްވައި އިސްތިއުފާ ދެއްވި ހިތާބުގައި އެކަމަނާ ވިދާޅުވީ އެ މައްސަލަ ހައްލު ކުރެއްވުމަށް "ލަޔާގަތު ތަންދިން އެންމެ މަތީ ދަރަޖާގައި" މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ.

އިނގިރޭސީވިލާތުގެ ދެ ވަނަ އަންހެން ބޮޑު ވަޒީރު މޭ ވަނީ އެ މަގާމުގައި މިހާތަނަށް ދެ އަހަރާއި 10 މަހަށް ވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައެވެ.

- ކޮމެންޓް