ކ. މާލެ
|
24 މެއި 2019 | ހުކުރު 09:12
ސެގަަމަތް ކައުންސިލްގެ މެމްބަރުންތަކެއް ކާއެއްޗެހި ވިއްކާ ތަނެއް ޗެކް ކުރަނީ
ސެގަަމަތް ކައުންސިލްގެ މެމްބަރުންތަކެއް ކާއެއްޗެހި ވިއްކާ ތަނެއް ޗެކް ކުރަނީ
ސްޓްރެއިޓް ޓައިމްސް
މެލޭޝިއާގައި ރޯދަމަސް
ރޯދަ ނުހިފާ މީހުން ދެނެގަތުމަށް ކައުންސިލް އޮފިސަރުން ވެއިޓަރުންނަށް!
ކާއެއްޗެހި ވިއްކާ ހުރިހާ ތަނެއްގައި އޮފިސަރުން ހަރަކާތްތެރިވާނެ
ކާ މީހުންނާ މެދު އިސްލާމީ ކަންތައްތަކަާއި ބެހޭ މަރުކަޒުން ފިޔަވަޅު އަޅާނެ

މެލޭޝިޔާގެ ސެގަމަތު ޑިސްޓިރިކްޓްގަަ ރޯދަމަހު ދުވާލު ގަޑީގައި ރޯދަ ނުހިފައި، ކާ މީހުން ދެނެގަތުމަށް އެ އަވަށުގެ މުނިސިޕަލް ކައުންސިލްގެ އޮފިސަރުން ކައްކާއިންނާއި ވެއިޓަރުންގެ ގޮތުގައި ކާއެއްޗެހި ވިއްކާ ތަންތަނުގައި ހަރަކާތްތެރިވާން ހަމަޖެހިއްޖެއެވެ.

ސެގަމަތް މުނިސިޕަލް ކައުންސިލް (އެމްޕީއެސް)ގެ ރައީސް މުހައްމަދު މަސްނި ވަކިމަން ވިދާޅުވީ، ޖޮހޮރް ސިޓީގެ ކައުންސިލާ ސެގަމަތްގެ އިސްލާމީ ކަންތައްތަކާއި ބެހޭ މަރުކަޒާ ގުޅިގެން ރޯދަމަހު ދުވާލު ގަޑީގައި ކާ މުސްލިމުން އަތުލައިގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ކާބޯތަކެތި ވިއްކާ ހޮޓާ ތަކުގެ އިތުރުން ކަޑަ ތަކުގައި އޮފިސަރުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޕީއެސްގައި 32 އޮފިސަރުން ތިބޭއިރު އޭގެ ތެރެއިން ބައެއް އޮފިސަރުންނަކީ، މޮޅަށް ކައްކަން އެނގޭ މީހުން ކަމަށާއި، އެމީހުން ތިބޭނީ ވެއިޓަރުންނަށް ނުވަތަ ކައްކާ މީހަަކަށް ވެގެން ކަމަށް އޭނާ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މަސްނި ވިދާޅުވީ، މުސްލިމަކު ރޯދަ މަހު ދުވާލު ކާއެއްޗަކަށް އޯޑަރު ކުރާ އިރަށް ކާން ހުންނަ މީހާގެ ފޮޓޯއެއް އެމީހާ އަށް ނޭގެ ގޮތަށް އޮފިސަރުން ނަގާނެ ކަމަށެވެ. އެއަށް ފަހު އެމީހަކާއި މެދު ކައުންސިލުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

- ކޮމެންޓް