Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 03:46
ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަން އެއްބަސްވުމުގައި ސޮއިކުރުން
ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަން އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖެއެމްވީ
ޓައިނީ ހާޓްސް
ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަނުން އެހީތެރިވާން ނިންމައިފި
މިޖަމިއްޔާގައި ހަތަރުސަތޭކަ ފަންސާހަށްވުރެ ގިނަ ކުޑަކުދިން ފަރުވާހޯދަމުންދޭ

ހިތުގެ މައްސަލަ ހުންނަ ކުދިންނަށް އެހީތެރިވާ ޖަމިއްޔާއެއްކަމަށްވާ ޓައިނީ ހާޓްސްއިން ކުރިއަށްގެންދާ ޗެރިޓީ ހަރަކާތްތަކަށް އެހީތެރިވެދިނުމަށް ޔުނިވަރސަލް ފައުންޑޭޝަނުން ނިންމައިފިއެވެ.

 

ކުރިއަށްއޮތް އެއްއަހަރުދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްތަކަށް މާލީ ގޮތުންނާއި ފަންނީގޮތުން އެހީތެރިވެދިނުމަށް ޔުނިވަރސަލް ފައުންޑޭޝަނުން ނިންމާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

 

ޔުނިވަރސަލް ފައުންޑޭޝަނުގެ ފަރާތުން އެއްބަސްވުމުގައި އެފައުންޑޭޝަނުގެ ރައީސް އިޔާޒް ވަޙީދު ސޮއިކުރެއްވިއިރު ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަޕަރސަން ފިއުނާޒް ވަޙީދުއެވެ.

 

މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ޗެއަޕަރސަން ފިއުނާޒް ވަޙީދު ވިދާޅުވީ، ޔުނިވަރސަލް ފައުންޑޭޝަނާއިއެކު މިވެނުނު އެއްބަސްވުމުގެ ދަށުން ވަރަށް ބޮޑު އެހީތެރިކަމެއް އެޖަމިއްޔާއަށް ލިބިގެންދާނެ ކަމަށާއި އެގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޭމްޕުގައި، މިހާރު އެޖަމިއްޔާގައި ރަޖިސްޓަރީވެފައިވާ ކުދިންގެ އިތުރުން މިހާރު ރަޖިސްޓަރީކުރަމުންދާ ކުދިންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

 

ޔުނިވާސަލް ފައުންޑޭޝަނުގެ ރައީސް އިޔާޒް ވަހީދު ވިދާޅުވީ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ގުޅިގެން އެކި އެކި ބޭނުންތަކަށް ޖެހިފައިވާ ފަރާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ދިނުމަކީ ވަރަށް ޚާއްޞަ އިސްކަމެއްދޭ ކަމެއްކަމަށެވެ.

 

ޓައިނީ ހާޓްސްއިން ވަނީ އަންނަ މާޗްމަހުގެ ނަވާރަވަނަ ދުވަހުން ފެށިގެން، މާޗްމަހުގެ އެކާވީސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ކެއާރ ފޮ ޓައިނީ ހާޓްސް ނަމުގައި މެޑިކަލް ކޭމްޕެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

 

މިޖަމިއްޔާގައި ހަތަރުސަތޭކަ ފަންސާހަށްވުރެ ގިނަ ކުޑަކުދިން ފަރުވާހޯދަމުންދެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް