Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 03:06
ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލުން
ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލުން
ޕޮލިސް
ކަސްޓަމްސް
ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ކަސްޓަމްސްގައި ހިފެހެއްޓިފައިހުރި 1107 ބަނގުރާ ފުޅިއާއި 180 ބިޔަރު ދަޅު ނައްތާލާފައިވޭ

ކަސްޓަމްސް އިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ ހުޅުމާލޭގައި އަލަށް ހިއްކި ސަރަހައްދުގައި ކަސްޓަމްސްގެ އިތުރުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ އޮފިޝަލުންގެ ހާޒިރުގައި ކަމަށް ކަސްޓަމްސްއިމް ބުންޏެވެ. 

ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ އެކިއެކި ސަބަބުތަކާހެދި ކަސްޓަމްސްގައި ހިފެހެއްޓިފައިހުރި 1107 ބަނގުރާ ފުޅިއާއި 180 ބިޔަރު ދަޅެވެ. މީގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޮންޑެޑް ވެއަރހައުސްއާއި ޑިއުޓީ ފްރީ ފިހާރަތަކުގައި ހުރި ތަކެތީގެ ތެރެއިން މުއްދަތު ހަމަވުމާއި އެކިގޮތްގޮތުން ހަލާކުވެފައިވާ ތަކެތީގެ ގޮތުގައި ކަނޑައެޅި 601 ބަނގުރާފުޅިވެސް ނައްތާލެވިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ

އެކިއެކި ސަބަބުތަކާހުރި ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް