ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ( ޕީއެންސީ) ގެ ސްޕޯކްސްޕާސަން ކަމުގެ މަގާމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު ހީނާ ވަލީދު ހަމަޖައްސައިފިއެވެ.
ހީނާވެސް ވަނީ ރާއްޖެޓީވީއަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ. ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ ޕީޕީއެމްގައިވެސް އޭނާ ކައުންސިލް މެންބަރެއްގެ މަގާމު ފުރުއްވާފައި ވާކަމަށެވެ.
ހީނާއަކީ ޓީވީއެމްގެ ޖާނަލިސްޓެއްގެ މަގާމުން ފެށިގެން އެ ޓީވީއެމްގެ ތަފާތު އިސްމަގާމްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތޭރޭގައި ޓީވީއެމްގެ ޑެޕިއުޓީ އެޑިޓަރުގެ މަގާމުގެ އިތުރުން ނިއުސް އެގްޒެޓިވް އެޑިޓަރުގެ މަގާމް ހިމެނެއެވެ.
އަދި ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު ވެސް އޭނާ އަދާކުރައްވާފައި ވެއެވެ.
މީގެ އިތުރުން ހިނާ ވަނީ ނިމިގެން ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދިއްގަރު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާފައެވެ. ނަމަވެސް އޭނާއަށް ވަނީ އެ ގޮޑި ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.