ކުލަބުމެޑް ކަނިފިނޮޅު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ގެބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ ކުލަބު މެޑް ކަނިފިނޮޅު ރިސޯޓްގައި ފަތުރުވެރިއަކު މަރުވެގެން ރިޕޯޓް ކޮށްފައިވާ ކަމަށާއި މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހޯމަދުވަހުގެ މެންދުރު 12:39 އެހާކަންހާއިރު ކަމަށެވެ. އަދި މި މީހާ އޭޑީކޭ އަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށާއި މި މިހާއަކީ އުމުރުން 52 އަހަހރުގެ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލު ވެސް ވަނީ ފަތުރުވެރިޔާ މަރުވެފައިވާކަން ރާއްޖެޓީވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އައްފާލު ވިދާޅުވީ ފަތުރުވެރިޔާ އޭޑީކޭއަށް ގެންދިޔައިރު ވެސް އޭނާގެ ފުރާނަ ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށާއި މިހާރު އެމީހާ އޮތީ މޯޗަރީގައި ކަމަށް އައްފާލު ވިދާޅުވިއެވެ.
ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން މިއަހަރު ތެރޭގައި ގެނބިގެން މަރުވި މީ 11 ވަނަ ފަތުރުވެރިޔާކަން ފާހަގަ ކޮށްލެވެއެވެ.
ޓޫރިސްޓުން ގެނބިގެން މަރުވާ މައްސަލަ ބޮޑުވެފައި ވާތީ، ޓޫރިސްޓުން މޫދަށް އެރޭ ސަރަހައްދުތަކާއި، ރިސޯޓްތައް މޮނީޓާކޮށް ސަލާމަތީ ކަންކަން އިސްލާހު ކުރުމަށް ސިފައިންނާއި، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ކައުންސިލްތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.