ލ. ގަމުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެެއްލުތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު 1:00 ހާއިރު ކަމަށާއި ރޯވެފައި ވަނީ ލ. ގަން ދުންފިނިއާގޭގައި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށާއި މެންދުރު 2:00 ހާއިރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އަލިފާން ރޯވި ސަބަބެއް ދެނެގަނެވިފައި ނުވާއިރު އެ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެ ދިރިނޫޅޭވޭ ވަރަށް ހަލާކުވެފައެވެ.
އަލިފާނުގެ ހިތާމަވެރި ހަދިސާތައް އިތުރުވެފައިވާ އިރު އެމްއެންޑީއެފުން ވަނީ މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އަލިފާނުގެ ހާދިސާތަކުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައެވެ.