ފްލެޓް ދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ލާރި ހޯދައި، މީހުން ހާލުގައި ޖެއްސި ސީލައިފް ގްލޯބަލް ކުންފުނީގެ މައްސަލަ އަވަސް ކޮށްދިނުމަށް އެދި ހިނގާލުމެއް ބާއްވަން ހަމަޖެހިއްޖެއެވެ.
ސީލައިފްގެ ޝިކާރައަކަށްވި ފަރާތްތަކުން ''އިންސާފު އަވަސް ކޮށްދެއްވާ''ގެ ނަމުގައި ގެންދަން ހަމަޖެހިފައިވާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މޭ މަހު ތިން ވަނަ ދުވަހު ހަވީރު 16:30 ގައި ހުޅުމާލޭ ހައުސިން ޑިވޮލޮޕްމެންޓް ކުރިމަތިންނެވެ.
އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ނަފްހާ ނަސީމް ބުނީ، ހިނގާލުމުގައި 50 ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށެވެ.
އޭގެ ތެރޭގައި، ފްލެޓް ގަންނަން ލާރި ދެއްކި މީހުންނާއި އެ ފަރާތްތަކުގެ އާއިލާތައް ހިމެނޭ ކަމަށް އޭނާ ބުންޏެވެ. ސީލައިފް ކުންފުންޏަށް ފްލެޓް އަޅަން ދީފައިވާ ސައިޓް ރެއިންބޯ ކުންފުންޏަށް ދީފައިވާ ކަމަށް ހުޅުމާލެ ގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ލޯނު ނަގައިގެން ސީލައިފް އިން ފްލެޓް ގަންނަން ލާރި ދެއްކި ފަރާތެއް ކަމަށްވާ ނައްފާ ބުނީ، ސީލައިފް މައްސަލަ ނުބެލި ދިގުދެމިގެން ދާތީވެ އެތައް ބަޔަކަށް އޭގެ ސަބަބުން ގެއްލުން ލިބެމުންދާ ކަމަށެވެ. ގިނަ ފަރާތްތަކުން އެ ފްލެޓްތައް ގަނެފައިވަނީ ބޮޑެތި ލޯނާއި, ގޭގެ ފަދަ ތަންތަން މޯގޭޖް ކޮށްގެންނެވެ.
''މިއީ ޕީސްފުލް ''ގެދަރިންގް'' އެއް މި ބާއްވާލަނީ. އެއީ އަޅުގަނޑުމެންގެ ކޭސް ކުރިޔަށް ނުދާތީވެ. ވަރަށް ފާސްޓުކޮށް ކުރީގައި ކޭސް ކުރިޔަށް ދިޔަ. މިހާރަކަށް އައިސް އެއްވެސް ހިޔަރިންގެ އެއް ނުބާއްވާ. ދެން އަޅުގަނޑުމެންނަށް ކޭސްގަ ވަމުންދާ ގޮތެއް '' އޭނާ ބުންޏެވެ.
އެ މައްސަލާ ގައި ވަކީލެއްގެ ގޮތުގައި ހިމެނި ވަޑައިގަންނަވާ މަރިޔަމް ޝުނާނާ ވިދާޅުވީ، އެ މައްސަލަ އޮތީ ކޯޓުގެ'' ޑިސްޕިއުޓް ރެޒިލޫޝަން'' މަރުހަލާގައި ކަމަށެވެ. އަދި ސަރުކާރުން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ނަފްހާ ބުނީ، ފަންސާހަކަށް މީހުން ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ.
ކުރީގެ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދީފައިވާ ޕްރޮޖެކްޓްތައް ބަލާއި ތަހުގީގު ކުރުމަށް މި ސަރުކާރުން ވަނީ އަތުކުރި އޮޅާލާފައެވެ.
ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އަކީ ކުރީގެ ރައީސް ޔާމީންއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. އައްމަޓީ ހޯދުމަށް ރެޑް ނޯޓިސް ނެރެދިނުމަށް ދިވެހި ފުލުހުން ވަނީ އިންޓަޕޯލް ގައި އެދިފައެވެ.