ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 22:42
އިރުކޭތަ ހިފާފައި
އިރުކޭތަ ހިފާފައި
ގޫގުލް
އިރުކޭތަ
މާދަމާ "ރިންގް އޮފް ފަޔާ" އިރުކޭތަ ހިފާނެ:ނާސާ
ދުނިޔެއަށް ހަނދުގެ ވަށައިގެން އިރު ފެންނަން ހުންނާނީ އަނގޮޓިއެއްގެ ސިފައިގައި
މި ކޭތަ ހިފަންފަށާނީ ރާއްޖެ ގަޑިން ހަވީރު 17:10

"ރިންގް އޮފް ފަޔާ" ނަމަކަށް ކިޔާ އިރުކޭތައެއް މާދަމާ ހިފާނެ ކަމަށް ނާސާއިން ބުނެފިއެވެ.

އިރާއިދުނިޔެއާ ދެމެދަށް ވާގޮތަށް ހަނދާއި އެއްރޮނގަކަށް އަންނައިރު، ދުނިޔެއަށް ހަނދުގެ ވަށައިގެން އިރު ފެންނަން ހުންނާނީ އަނގޮޓިއެއްގެ ސިފައިގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަދަން ހެމިސްފިއާގެ މޫސުން ރަނގަޅު ހިސާބުތަކަށް މި އިރުކޭތަ ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އިރުކޭތަ އެންމެ ފުރިހަމައަށް ފެންނީ އާޖެންޓީނާއަށް ކަމަށާއި ސައުތް އެފްރިކާ އަދި ސައުތް އެމެރިކާގެ ބައެއް ސަރަހައްދުތަކަށް އިރުގެ ބޮޑުބައެއް ކަޅުވެފައިވާ ގޮތަކަށް މިއިރުކޭތަ ފެންނާނެކަމަށް ނާސާއިން ހާމަކުރެއެވެ.

މި ކޭތަ ފެނިގެންދާނެ އިތުރު ސަރަހައްދުތަކުގެ ތެރޭގައި ޗިލީ، އާރޖެންޓީނާ، އެންގޯލާ އަދި ޒެމްބިއާ ފަދަ ސަރަހައްދުތައް ހިމެނެއެވެ. ނަމަވެސް އިރުކޭތަ ފެންނާނެ ސަރަހައްދުތައް ކަމަށް ބުނާ ސަދަން ހެމިސްފިއާގެ ސަރަހައްދުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައި ނުވާތީ މި އިރުކޭތަ ރާއްޖޭގެ ރަށްތަކަށް ނުފެންނާނެއެވެ.

މި ކޭތަ ހިފަންފަށާނީ ރާއްޖެ ގަޑިން ހަވީރު 17:10 ގައެވެ. ކޭތަ ފުރިހަމަވާ ވަގުތަކީ ރާއްޖެގަޑިން 18:15 ގައެވެ. ކޭތަ ވީއްލާގޮތަށް ނާސާއިން ލަފާކުރާ ގަޑިއަކީ ރާއްޖެ ގަޑިން 22:35 އެވެ. ރާއްޖެއަށް މި ކޭތަ ނުފެނުނުކަމުގައި ވީ ނަމަވެސް ލައިވްކޮށް މި  ކޭތަ ލައިވްކޮށް ބެލޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް