މާފަންނުގައި ހުންނަ މުހައްމަދު ޖަމީލް މިސްކިތުގެ ލަކުޑި މަސައްކަތެއް ކުރަން އުޅެނިކޮށް، އެތަނުގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު މުސްތަފާ އަޒްމީ ނިޔާވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު މިސްކިތުގެ ދެ ވަނަ ފަންގިފިލާއިން ވެއްޓުނު އަޒްމީ ނިޔާވީ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔުމަށް ފަހު، ދޭނެ އިތުރު ފަރުވާއެއް ނެތިގެން އަނބުރާ މާލެ ގެނައި ފަހުންނެވެ. އިތުރު ފަރުވާއަށް އަޒްމީ އިންޑިއާއަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ.
އަޒްމީގެ ބޮލަށާއި ފުއްޕާމެއަށް ބޮޑެތު ޒަހަމްތަކެއް ލިބިފައިވެއެވެ. އޭނާގެ ސިކުނޑިއަށް ގިނަ އަދަދަކަށް ލޭ އެޅިފައިވެ އެވެ.
އަޒްމީއަކީ އެސްޓީއޯގައި މަސައްކަތް ކުރާއްވާތާ 25 އަހަރުވެފައިވާ ބޭފުޅެކެވެ. އަވަހާރަވީ އިރު އަޒްމީ ހުންނެވީ އެސްޓީއޯގެ އައީޓީ ހެޑުގެ މަގާމުގައެވެ. އޭނާއަކީ ލަކުޑީގެ މަސައްކަތް ކުރަން މޮޅު، ފަންނުވެރި ބޭފުޅެކެވެ.