ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ހުކުރު ދުވަހުގެ ހަވީރު 4:30ގެ ނިޔަލަށް 66 ކެންޑިޑޭޓުން ކަމަށް ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ)އިން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު މުސްތަފާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ މަޖިލީހުގައި ވާދަކުރެއްވި ކެންޑިޑޭޓުން މާލީބަޔާން ހުށަހަޅަމުން އަންނަ ކަމަށާއި، އުންމީދު ކުރަނީ ހުރިހާ ކެންޑިޑޭޓުން މާލީބަޔާން ހުށަހަޅާނެ ކަމަށެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭ ގޮތުން ކޮށްފައިވާ މަޢުލޫމާތާ ތަކެތި ހިމެނޭ ގޮތުގެ މަތިން ރިޕޯޓެއް ތައްޔާރު ކޮށް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 21 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ޖެހޭއިރު އެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން އަމްޖަދު ވިދާޅުވީ ހުކުރު ދުވަހުގެ ރޭގެ މެންދަރު 12:00ގެ ނިޔަލަށް ވެސް މާލީ ބަޔާންހުށަހެޅޭނެ ކަމަށެވެ. މާލީބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 އެވެ.
މިދިޔަ މަޖިލިސް އިންތިޚާބުގައި 386 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.
އިންތިޚާބާއި ބެހޭ ގާނޫނު ބުނާ ގޮތުން އެ ގާނޫނުގައި ވަކި ގޮތަކަށް ކުރުމަށް ކަނޑައެޅިފައިވާ ކަމެއް އެނޫން ގޮތަކަށް ކޮށްފިމީހަކު ނުވަތަ ކުރަން އުޅެފި މީހަކު ކުށްވެއްރި ވެއްޖެނަމަ އެމީހެއްގެ އަދަބަކީ 6 މަސްދުވަހާއި 2 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000ރ. އާއި 24،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.