ކ. މާލެ
|
25 އޭޕްރިލް 2019 | ބުރާސްފަތި 13:12
މިނިސްޓަރ މަހުލޫފް ހޯރަފުއްޓަށް ވަޑައިގެންނެވުން
މިނިސްޓަރ މަހުލޫފް ހޯރަފުއްޓަށް ވަޑައިގެންނެވުން
ރާއްޖެއެމްވީ
މިނިސްޓަރ މަހުލޫފް
މިނިސްޓަރ މަހުލޫފް ހޯރަފުއްޓަށް ވަޑައިގަންނަވައިފި
ހޯރަފުށީގެ އިތުރުން އުލިގަން އަދި ތުރާކުނަށްވެސް ވަޑައިގަންނަވާނެ

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ހއ.ހޯރަފުއްޓަށް ވަޑައިގަންނަވައިފިއެވެ.

ހޯރަފުއްޓަށް މިނިސްޓަރ މަހުލޫފް ވަޑައިގެންނެވުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިނިސްޓަރ މަހުލޫފް ހޯރަފުށި ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި އުލިގަން އަދި ތުރާކުނަށްވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ މަހުލޫފް ހޯރަފުށި، އުލިގަން އަދި ތުރާކުނުގެ ކުޅިވަރު ކުޅޭ ތަންތަން ބަލާލުމަށް ހަމަޖެހިފައިވާއިރު، މި ތިން ރަށުގެ ކައުންސިލާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މި ދަތުރުފުޅުގައި މިނިސްޓަރ މަހުލޫފްގެ އަރިހުގައި ރައްޔިތުންގެ މަޖިލިސްގެ ހޯރަފުށި ދާއިރާއަށް ކުރިޔަށް އޮތް ދައުރަށް އިންތިހާބުވެވަޑައިގެންނެވި އަހުމަދު ސަލީމްވެސް ބައިވެރިވެވަޑައިގަންނަވައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް